ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނަން: ވިސާމް

2 months ago

އަފްރާހް

މިނިސްޓްރީން ބަލައި ފާސްކޮށް، ރަޖިސްޓްރީނުކޮށް ގަވައިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރަރ މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.


ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން އިސްކަންދަރު ކޮށީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިސާމް ވިދާޅުވީ އެވިޔަފާރިތައް ހިންގަން އަލުން ހުއްދަ ދޫކުރެވޭނީ ހާއްސަ ހުއްދައެއްގެ ދަށުން ވަކި އިޖުރާއަތުތަކެއް ފުރިހަމަވުމުން ކަމަށެވެ.


މީގެއިތުރުން ވިޔަފާރިތައް ރަޖިސްޓްރީކޮށްފައިވޭތޯ އާއި ވިޔަފާރިކުރުމުގެ ލައިސެންސް އޮތްތޯ ބަލާނެ ކަމަށް ވެސް ވިދާޅުވިއެވެ. ނޫންނަމަ އެ ވިޔަފާރިއަކަށް ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާފައިވާ ޓާސްކްފޯހުގައި އިކޮނޮމިކް މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި އެމްއެފްޑީއޭ މިހާރުވަނީ ހިމަނާފައެވެ. އެހެންކަމުން ފުލުހުންނާއި އިމިގްރޭޝަނުން ހިންގާ ރެއިޑްތަކުގައި އެ އިދާރާތަކުން މީގެފަހުން ބައިވެރިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު

ާަެަގދ

ކުޮންއިރަކު

1 month ago

ާސައްލޭ

މިމަންޖެ ބުރުގާ އަޅުވަބަލަ. މިކަން ވާނެ ސާޖިދާއަށް.

2 months ago

ރަށުމީޙާ

މިހުރިހާ ދުވަހު މުސާރަ ލިބިނުލައްވާތީތޯ މިކަން ނުކުރެއްވީ؟ ގާނޫނަށް އިތުރު ބަދަލެއް އައީތޯ؟

2 months ago