މިއަދުގެ ހުކުރު ހުތުބާގެ ތަރުޖަމާ ޗާޕުކޮށްފި

2 months ago

އަފްރާހް

މިއަދުގެ ހުކުރު ހުތުބާގެ ތަރުޖަމާ ޗާޕުކޮށްފިއެވެ.


މަސްޖިދުއް ސުލްތާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި މިއަދުގެ ހުކުރު ހުތުބާ ދެއްވާނީ ޢަރަބި ބަހުންނެވެ. އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ މައްކާގެ ޙަރަމްފުޅުގެ ފަތުވާ ކޮމިޓީގެ މެންބަރު ޕްރޮފެސަރ ޑރ.ޙަމްދާން އައްސުލަމީ އެވެ.


އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ ހުތުބާގެ ލައިވް ދިވެހި ތަރުޖަމާ ޓީވީތަކުން ގެނެސްދޭނެ ކަމަށެވެ.


ހުތުބާގެ ތަރުޖަމާ ޗާޕުކޮށް ނިންމާލެވުނުކަން ހާމަކުރައްވައި 'އެކްސް' ގައި މިނިސްޓަރު ވިދާޅުވީ މި މަސައްކަތް ކޮށްދެއްވި ނޮވެލްޓީން ހިލޭ ސާބަހަށް ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާފައެވެ.


މިއަދުގެ ހުތުބާގެ މައުޟޫއަކީ މަލާތްކަތުންނަށް އީމާންވުމެވެ. އެހެންނަމަވެސް އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވާ މައުޟޫޢު އަކީ ދީނަށްޓަކައި ޚިދުމަތްކުރުމެވެ.


އިސްލާމީ މަރުކަޒުގައި އެންމެ ފުރަތަމަ ޢަރަބި ބަހުން ހުތުބާއެއް ދެއްވާފައިވަނީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގަ މިޞްރުގެ ޝައިޚުލްއަޒްހަރު ފަޟީލަތުއްޝައިޚު ޖާދަލްޙައްޤު ޢަލީ ޖާދަލްޙައްޤެވެ. މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ސުބައްޔިލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު