މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖު ޕާލާތައް ހިންގުމަށް ހުއްދައެއް ނުދެން: އިހްސާން

2 months ago

އަފްރާހް

މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖު ޕާލާތައް ހިންގުމަށް އެއްވެސް އިދާރާއަކުން ހުއްދަ ދީފައެއް ނޯންނާނެ ކަމަށް ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


އޮގަސްޓް 22 ވީ ބުރާސްފަތި ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިފަދަ ތަންތަން ހިންގަނީ ނުވަތަ އެކަން ކުރަމުންދަނީ ސެލޫން ގެ ނަމުގައި ކަމަށެވެ.


“އެހިސާބުން ވިޔަފާރި ބަންދު ކުރެވޭނެ ހާލަތު އައީ. އެއީ ހުއްދަ ނުދޭ މަސައްކަތެއް އެ ތަނުގައި ކުރުމުން." މިނިސްޓަރ ވިދާޅުވިއެވެ.


މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މިހާރު އެކުލަވާލެވިފައިވާ ޓާސްކް ފޯސްއަށް މިފަދައިން މަސާޖު ޕާލާ ހިންގާ ކަމުގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އެ ތަނެއް ބަލާ އެތަނެއް ބަންދު ކުރާނެ ކަމަށެވެ.


މިނިސްޓަރު ވިދާޅުވީ މާލެ ސަރަހައްދުގައި ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަނެއް މީގެކުރިން ވެސް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމުގައި ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް، ބޭނުން ކުރަމުންދާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.


މާލޭގައި މަސާޖު ޕާލާތަކުގައި ހަށިވިއްކާ މައްސަލަ މީގެކުރިން ވެސް ފެންމަތިވެ، އެ ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ވެސް ވަނީ ގެންގޮސްފައެވެ. އަދި މިފަދަ ޢަމަލުތައް ހިންގުމުގައި ދިވެހިންނާއި ބިދޭސީން ވެސް އުޅޭކަން އެއީ ފާހަގަވާ ހަގީގަތެކެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ޙުެްދަ ދިނަސް ނުދިނަސް ހިންގާ ތޮއްޑޫގައި ދެތަންހިންގާ

2 months ago

އިއްބެ

ހުއްދަނުދީ އެހިންގެނީކީއްވެ ތޮޑޫގައި 2 މަސާޖުޕާލާ އެބަހިންގައި އެއްމެގަފަކޮށްހިންގަނީ ކައުންސިލްގެރައީސް ޕާލް

2 months ago

ހަމާސް

އެންވީމާ މާލޭގަ މިހިރަތަންތަން އިސްތިހާރު ކުރާއިރުނުފެންނަނީތޯ؟

2 months ago