އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރުމަކީ ކުށްހީއެއް: ހުތުބާ

2 months ago

އަފްރާހް

އިބިލީހަކީ މަލާއިކަތެއް ކަމުގައި ހީކުރާ ހީކުރުމަކީ ކުށްހީއެއް ކަމުގައި ހުކުރު ހުތުބާގައި ހަނދާންކޮށްދިފިއެވެ.


ހުތުިބާގައި ބުނީ ކީރިތި ޤުރްއާނުގެ ނައްޞުން ސާފުކޮށް އިބިލީހަކީ ޖިންނިއެއް ކަން އެނގޭކަމަށެވެ. އަދި އިބިލީހަކީ މާތްރަްކަލާނގެއަށް ނުކިޔަމަންތެރިވުމުގެ ކުރީން މަލާއިކަތުންނާ އެކީ އުޅުމުގެ ފުރުސަތު ލިބިފައިވާ އަޅުވެރި މުއުމިނު ޖިންނިއެއް ކަމަށެވެ.


އެހެންވެ އާދަމްގެފާނަށް ސަޖިދަކުރުމަށް މަލާއިކަތުންނަށް ކުރެވުނު އަމުރުފުޅުގައި އޭނާ ވެސް ހިމެނުނު ކަމަށާއި ނަމަވެސް މަލާއިކަތުން އެ އަމުރުފުޅަށް ކިޔަމަންގަތް ހިނދު، އިބިލީސް ބޮޑާވެ، ނުކިޔަމަންތެރިވިކަން ވަނީ ހަނދާންކޮށދީފައެވެ.


މީގެއިތުރުން އެކަމުގެ ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ރަޙްމަތުން އޭނާ ދުރުކުރެވި އަބަދަށްޓަކައި އޭނާއަށް ލަޢުނަތް ލެއްވުނުކަން ވެސް ހުތުބާފައި ހަނދާންކޮށްދިނެވެ. އަދި މުއުމިނުން ވާންޖެހޭނީ ސިއްރާއި ފާޅުގައި ކުރާ ޢަމަލުތައް ލިޔުއްވުމަށް ކޮންމެ މީހަކާއެކު މާތް ރަސްކަލާނގެ މަލާއިކަތުން ލައްވައިފައިވާކަން ދަނެ، ޢަމަލުތައް ސީދާކޮށް އެަލާނގެއަށް އަށް ތަގްވާވެރިވާ ބަޔަކަށް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.


މަލާއިކަތުންނަކީ މާތް ރަސްކަލާނގެއަށް ކިޔަމަންގަތުމަށް ހައްދަވައިފައިވާ ބައެއް ކަމަށާއި މަލާއިކަތުންގެ ޢަދަދު އެކަލާނގެ ފިޔަވައި އެހެން ފަރާތަކަށް ނޭނގޭނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު