ކްލަބު މޯލްޑިވްސް ކަޕްގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު

3 months ago

އަފްރާހް

މިއަހަރު ބާއްވާ ކްލަބު މޯލްޑިވްސް ކަޕްގެ އެކްސްކްލޫސިވް ޑިޖިޓަލް ޕާޓްނަރއަކަށް ދިރާގު ހަމަޖައްސައި، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.


ރާއްޖޭގައި ބާއްވާ އެންމެބޮޑު އެއް ފުޓްސަލް މުބާރާތުގައި މިއަހަރު ބާއްވަނީ 19 ވަނަ މުބާރާތެކެވެ.


2006 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އައި މި މުބާރާތް މެދުކެނޑުނީ ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރުއެވެ.


2010 ވަނަ އަހަރުން ފެށިގެން އަންހެން ޑިވިޜަން، 18/30 ވިމަންސް ފުޓްސަލް ފިއެސްޓާ ވެސް އަންނަނީ ބާއްވަމުންނެވެ.


ސަރުކާރު އޮފީސް، ކުންފުނިތަކަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބައެއް އޮފީސްތަކާއި ކުންފުނިތަކުން މިހާރުވަނީ ފަރިތަކުރުންތައް ވެސް ފަށާފައެވެ. އަދި މުބާރާތް އިންތިޒާމުކުރާ ފަރާތުން އަންނަނީ އެހީދޭ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު