3 months ago
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި އައިޝަތު ނޫރައްދީން އެ ބޭންކުގެ ބޯޑު މެންބަރުން ކަމުން ވަކިކޮށްފިއެވެ.
އޭނާ ބޯޑު މެމްބަރުކަމުން ވަކިކުރި ސަބަބެއް މިހާތަނަށް ރަސްމީއެއްވެސް އިދާރާއަކުން ހާމައެއް ނުކުރައްވައެވެ. އެ މަގާމުން އޭނާ ވަކިކޮށްފައިވާކަން ޕްރައިވަޓައިޒޭޝަން ބޯޑުން ހާމަކުރެއްވީ އޮގަސްޓް 24 ވަނަ ދުވަހުއެވެ.
އައިޝަތު ނޫރައްދީން އަކީ 42 އަހަރުގެ ދިގު މުއްދަތެއްގައި އެ ބޭންކަށް ޚިދުމަތްކޮށްފައިވާ ފަރާތެކެވެ. އޭނާ އެ ބޭންކަށް ޚިދުމަތް ކުރައްވަމުން ގެންދަވަނީ 1982 ވަނަ އަހަރުން ފެށިގެންނެވެ.