ޖުލައި މަހުގެ ނިޔަލަށް ލިބުނު އެއަރޕޯޓު ޓެކުހުގެ ފީ އިތުރުވެއްޖެ

1 month ago

އަފްރާހް

މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ލިބުނު އެއަރޕޯޓު ޓެކުހުގެ ފީ އިތުރުވެއްޖެއެވެ.


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފައިބެއަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މިއީ 11 އިންސައްތަ އިތުރުވުމެކެވެ.


އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އާއި ޑިޕާޗަރ ޓެކުހުން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތަށް 86.5 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ލިބިފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި މިއީ ފައިބެއަހަރުގެ މި މުއްދަތުގައި ލިބުނު 77.3 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށްވުރެ 141.5 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށް ވެސް ދައްކައެވެ.


މީގެއިތުރުން ޑިޕާޗަރ ޓެކުހުގެ ގޮތުގައި 658 މިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި 673 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް ހިސާބުތަކުން ވަނީ ދައްކާފައެވެ. 


މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ ޑިޕާޗަރ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާއެވެ. 


ކިޔުންތެރިންގެ ހިޔާލު