ގުރައިދޫ މަރުކަޒުގައި ތިބި 19 މީހަކު ރީ-އިންޓަރގްރޭޓް ކޮށްފި

1 month ago

އަފްރާހް

ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 19 މީހަކު ރީ-އިންޓަގްރޭޓް ކުރެވިއްޖެކަަމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން ހާމަކުރައްވައިފިއެވެ.

އެ ވުޒާރާ އިން ވިދާޅުވީ އެ މަރުކަޒުގައި ތިބި ފަރާތްތައް ތޮއްޖެހުން ކުޑަކުރުމަށާއި ރީ-އިންޓަރގްރޭޝަނަށް މަގުފަހި ކުރުމަށް ރީ-އިންޓަރގްރޭޓް ކުރުމަށް ތައްޔާރުވާ ފަރާތްތަކަށް އަލަށް ދެ ވޯޑުގައި ތިބެވޭނެ އިންތިޒާމް ވެސް މިހާރުހަމަޖައްސާފައިވާ ކަމަށެވެ.

މީގެއިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ކުލައިންޓުން ސްޕަޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމަށް އައި.ޖީ.އެމް.އެޗާއި ސީ.އެމް.އެޗްގެ ޑޮކްޓަރުންގެ ޓީމެއް މިއަހަރުގެ ޖުލައި 15 ގައި މަރުކަޒަށް ދަތުރުކޮށް ބަލި މީހުން ބަލާފައިވާ ކަމަށް ވެސް ހާމަކުރައްވައެވެ.

މިދަތުރުގައި ނަފްސާނީ ބަލިތަކުގެ ޑިޕާރޓްމަންޓުން 22 މީހުންނާއި ހަމުގެ ބަލިތަކުގެ ޑިޕާޓްމަންޓުން 23 ކްލައިންޓުން ބެލިފައިވާ ކަމަށް ވިދާޅުވެއެވެ. އަދި ދަތުގެ ޚާއްސަ ޑިޕާޓްމަންޓުން 23 ކްލައިންޓުންނާއި ސެންޓަރ ފޯ މެންޓަލް ހެލްތްގެ ފަރާތުން ރީއިންޓަރގްރޭޓް ކުރަން ތައްޔާރުވެފައިވާ ކްލައިންޓުންނާއި އެކު ސެޝަން ނަގައި، ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ކެޕޭސިޓީ އިތުރުކޮށް ފެންވަރު ރަނގަޅުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ފާއިތުވި 9 މަސްދުވަހުގެ ތެރޭގައި ކުރެވިފައިވާ ކަަމަށް ވިދާޅުވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް ޖާގަ އިތުރުކުރުމަށް ބޭނުންވާ ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، އެ ވުޒާރާ އިން ވަނީ ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެނދު ހޯދުމުގެ މަޝްރޫޢެއް ހިންގާ 70 އެނދު އަލަށް ބޭނުންކުރެވޭ ގޮތަށް އިންތިޒާމް ކުރެވިފައިވާ ކަމަށެވެ. އަދި މަރުކަޒުގައި މިވަގުތުތިބި ހުރިހާފަރާތަކަށް އެނދު ހަމަވެފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ހަމަމިއާއެކު ކުޑަކުދިން ބޭތިއްބުމަށް ޚާއްޞަ ވޯޑެއް ޤާއިމް ކުރެވިފައިވާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 2 ނަރުހުންނާއި، ސައިކޮލޮޖިސްޓަކާއި ތެރަޕިސްޓަކާއި 4 ކައްކާ މީހުން މިއަހަރުގެ ބަޖެޓުގައި ހިމަނާ މި މަގާމުތަކަށް ފައިސާ ލިބިފައިވާ ކަމަށް ވިދާޅުވެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފެބްރުވަރީ މަހުގައި ސޯޝަލް ވަރކަރެއް ހަމަޖެހި މިހާރު އެ މަރުކަޒުގައި މަސައްކަތް ކުރުމަށް ވަނީ ފަށާފައެވެ.

މީގެއިތުރުން 4 ކައްކާ އިންނާއި 4 އެޓެންޑެންޓުން ޚިދުމަތަށް ނިކުމެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި ޢާއްމު ބަލިތަކުގެ މެޑިކަލް ޑޮކްޓަރެއް ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަސައްކަތް ކުރަމަށް ވަނީ ފަށާފައެވެ. އަދި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ވޯޑް 4 މަރާމާތު ކުރުމަށް އެސަސްމަންޓެއް ހެދުމުގެ މަސައްކަތް ކުރެވިފައިވެއެވެ.

ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި ފަރާތްތަކަށް ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމުތައް ހިންގުން.

ބޭސިކް ކޭކް ޑެކަރޭޝަން ކޯހެއް ކުރިޔަށް ގެންދެވިފައިވޭ، މިކޯހުގައި 10 ކްލައިންޓުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު