ބީއެމްއެލް 'އުނބަށް ޖަހައި' ކާޑު ލިމިޓް މުރާޖައާ ކުރަނީ

1 month ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ގެނައި ބަދަލު މުރާޖައާ ކުރުމަށް ނިންމައިފިއެވެ.


ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވސް (ބީއެމްއެލް) އިން މިކަން މުރާޖައާ ކުރުމަށް ނިންމާފައިވާކަން 'ދެން އޮންލައިން' ގައި ހާމަކޮށްފައިވާއިރު، ބުނެފައިވަނީ ފޮރިން ޓްރާންސެކްޝަންތަކަށް ރުފިޔާ ކާޑުން ނުކެނޑޭ ގޮތަށް ބީއެމްއެލްއިން ނިންމި ނިންމުން ބަދަލު ކުރަން އެ ބޭންކް ބޯޑު ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށެވެ.


އެ ބައްދަލުވުން މިހާރުކުރިއަށްދާ ކަމަށް ވެސް ވަނީ ބުނެފައެވެ.


ބީއެމްއެލުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ބަދަލު ގެނެސްފައިވަނީ މިއަދުއެވެ. މި ބަދަލުތަކަށް ވަގުތުން ޢަމަލު ކުރުމަށް ހަމަޖެހިފައިވާއިރު، މިކަމާއި ގުޅިގެން އާންމުންދަނީ ނުރުހުން ވެސް ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު

ހީޓް

ހުރިހާ ދިވެހިން ބީ އެމް އެލް ދޫކޮށްލާ،

1 month ago

އިއްބ

ސަރުކާރެއްހިންގަންނޭންގޭނަމަ އެއްމެރަނގަޅުވާނީ އިސްތިޢުފާދިނުން

1 month ago