ރައީސްގެ ތިމާވެށި ސިޔާސަތު ތަންފީޒުކުރުމުގައި ސްޓެލްކޯ އިން އަތުކުރި އޮޅާލައިފި

1 month ago

އަފްރާހް

ތިމާވެއްޓާއި ރައްޓެރހި އުޅަނދުތަކަށް ހާއްސަ ޗާޖިންގ ސްޓޭޝަނެއް ސްޓެލްކޯ އިން ގާއިމުކުރުމަށް ނިންމައިފިއެވެ.


މިކަން ހާމަކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


އެ ޕޯސްޓުގައި ވިދާޅުވީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތިމާވެށީގެ ހަރުދަނާ ސިޔާސަތުފުޅުތަކުގެ ތެރެއިން އެކުންފުނިން ކުރަމުންއަންނަ މަސައްކަތެއް ކަމަށެވެ. އަދި ގައުމަށާއި ދުނިޔެއަށް އަންނަ ކުރިއެރުންތަކާއިއެކު، ތިމާވެއްޓާއި ރައްޓެހި އުޅަނދުތަކަށް އޮންނަ ޑިމާންޑްބޮޑުވެފަިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.


އެހެންވެ، މި މަަސައްކަތަކީ އެފަދަ އުޅަނދުތައް ގެންގުޅެން ބޭނުންވާ ފަރާތްތަކަށާއި މިހާރުވެސް ގެންގުޅޭ ފަރާތްތަކަށް ލުއި ފަސޭހަތައް ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ފާގަކުރެއްވިއެވެ.


އެމްޑީ ވިދާޅުވީ އިލެކްޓްރިކް ވެހިކަލް ގެންގުޅުމަށް ހިތްވަރުދިނުމުގެ ގޮތުން އިލެކްޓްރިކް ވެހިކަލް ޗާޖިންގ ސްޓޭޝަނެއް ޤާއިމްކުރުމަށް ނިންމާފައިވަނީ އެކުންފުނީގެ ހެޑް އޮފީހާއި އިންވެގެން އޮންނަ ދޮންއަދަރާދަ މަގުގައި ކަަމަށެވެ.


މި ކަމުގައި ސިޓީކައުންސިލާއި މަޝްވަރާކުރެވި، ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ޗާޖިންގ ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާއިރު، ވަރަށް އަވަސް މުސްތަގުބަލެއްގައި މި ސްޓޭޝަންގެ ހިދުމަތް ލިބޭނެކަމޔގެ ޔަގީންކަން ވަނީ ދެއްވާފައެވެ.


ހަމަމިއާއެކު އެ ސްޓޭޝަނުގައި ހަތަރުފުރޮޅުލީ އުޅަނދާއި ދެ ފޮރުޅުލީ އުޅަނދުތައް ވެސް ޗާޖްކުރެވޭނެ ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު