ބީއެމްއެލް އިން ކުރިން ބުނި އެތި ކެންސަލް

1 month ago

އަފްރާހް

ބޭންކް އޮފް މޯލްޑިވްސް އިން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ ލިމިޓްތަކަށް ގެނެސްފައިވާ ބަދަލު އެ ބޭންކުން އަނުބައި ގެންގޮސްފިއެވެ.


އެ ބޭންކުން ބުނީ މި ބަދަލު އަނބުރައި ގެނައީ ރާއްޖެއިން ބޭރުގެ މުއާމަލާތުކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓަރ، މޯލްޑިވްސް މިނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބެލުމަށްފަހު ކަމަށެވެ.


ބީއެމްއެލް އިން ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތަކަކީ:


• މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.


• މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ.


• މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން.


މި ނިންމުމާއި ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ބީއެމްއެލް އަށް އަމާޒުވެފައިވާއިރު، އެކަމުގެ ނުރުހުން ވެސް ދަނީ އެކި މަންސަތަކުގައި ފާޅުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު