އެމްއެންޔޫގެ ސީއެމްއެސް ދަރުވަރުންނަށް ކަނޑުގެ ސަލާމަތީ ކަންކަމާއި ގުޅޭ ސެޝަނެއް

1 month ago

އަފްރާހް

އޮސްޓްރޭލިޔާގެ މެރިޓައިމް ސޭފްޓީ އޮތޯރިޓީ (އޭއެމްއެސްއޭ) އިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް)ގެ ދަރިވަރުންނަށް ކަނޑުގެ ސަލާމަތީ ކަންކަމާއި ގުޅޭ މަޢުލުމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.


އޭއެމްއެސް އިން ބޭއްވި މި ސެޝަންގައި، ކަނޑުމަތީގައި މުދާ ގެންގުޅެމުންދާ އިރު، އަމިއްލަ ނަފްސާއި މުދާ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ނުރައްކަލެއް ކުރިމަތި ވެއްޖެ ހާލަތެއްގައި އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޢުލުމާތު ހިއްސާކުރައްވާފައިވެއެވެ.


މި ސެޝަންގައި އޮސްޓްރޭލިޔާގެ އޭއެމްއެސްއޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ މރ. އެންޑްރިއު އަދި މރ. ހައްނާންއެވެ.


އެމްއެންޔޫގެ ސީއެމްއެސްގައި ކުރިއަށް ގެންދާ ކޯސްތަށް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކަނޑުގެ ދަތުރުތަކާއި ކަނޑުމަތީގައި ކުރާ މަސައްކަތްތަކުގައި އަމިއްލަ ނަފްސާއި މުދާ ރައްކާތެރިކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަފަޅުތަކާއި، ދިމާވާ ކުއްލި ނުރައްކާތެރި ހާލަތްތަކުގައި އަމަލުކުރަން ޖެހޭގޮތްތަކުގެ އިތުރުން ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ސަމާލުކަން ދޭންޖެހޭ އެހެނިހެން ކަންތައްކަމުގެ މައްޗަށެވެ.


މީގެއިތުރުން ވެސް، އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ރާއްޖޭގެ ތަރައްޤީއަށް މުޙިއްމު އެތަށް ދާއިރާއަކުން މަތީ ތަޢުލީމު ހާޞިލުކޮށް، ތަމްރީނުވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު