ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނުން މައްޗަށް

3 hours ago

ސާއި

ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނުން މައްޗަށް އަރައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ އޮކްޓޯބަރ 21 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިޔަން ހަލައްކަ ތިންހާސް ދުއިސައްތަ އައްޑިހަ ހަތް ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.


މިއީ ފައިބެއަހަރުގެ މިމުއްދަތާ އަޅާބަލާއިރު، 9.5 އިންސައްތަ އިތުރު އަދަދެއްކަމަށް ދައްކައެވެ.


މީގެއިތުރުން ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 5400 އަށްވުރެ ގިނަ ފަތުރުވެރިން އަންނައިރު، އެންމެގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އަދިވެސް އޮތީ ޗައިނާއެވެ.


އެގޮތުން ޗައިނާއިން 235،765 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގާ އޮތް ރަޝިއާ އިން 176،185 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި އިނގިރޭސިވިލާތުން 136،081 ފަތުރުވެރިން އައިއިރު، ޖަރުމަނުން 120،380 ފަތުރުވެރިން، އިޓަލީން 111،478 ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ.


މިއަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ އައު ރެކޯޑެއް ގާއިމްކުރުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު