ދިވެހިބަހުން މުއާމަލާތް ކުރުމުގެ ހަމަތަކާއި ގަވާއިދުތަކަށް ސްޓެލްކޯގެ މުވައްޒަފުން އަހުލުވެރިކުރުވަނީ

1 month ago

އަފްރާހް

ދިވެހިބަހުން މުއާމަލާތް ކުރުމުގެ ހަމަތަކާއި ގަވާއިދުތަކަށް ސްޓެލްކޯގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމުތަކެއް ފަށައިފިއެވެ.


ސްޓެލްކޯ އިން ވިދާޅުވީ މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ސްޓެލްކޯ މާލަމުގައި ކަމަށެވެ. އަދި ކިލާސްތައް ނަންގަވައިދެއްވީ ރާއްޖޭގައި ތިއްބެވި ދިވެހިބަހުގެ އުސްތާޛުން ކަމަށެވެ. އެގޮތުން ކަށިމާ އަހްމަދު ޝާކިރު، މުހައްމަދު ޝިޔާމް ފަދަ ބޭފުޅުން ހިމެނޭ ކަަމަށް ވިދާޅުވިއެވެ.


އެ ކުންފުނިން އިތުރަށް ވިދާޅުވީ ލިޔުންތެރިންގެ ގުޅުމާއި ގުޅިގެން ހިންގި މި ޕްރޮގްރާމަކީ ސްޓެލްކޯ އިން ރައްޔިތުންނަށް ދެމުންދާ ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. އަދި ރައްޔިތުން ބަލައިގަންނާނެ ފަދަ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދިނުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަކީ ވެސް މަގްސަދެއް ކަމަށެވެ.


ދިވެހިބަހުން މުއާމަލާތް ކުރުމުގެ ހަމަތަކާއި ގަވާއިދުތައް ސްޓެލްކޯ މުވައްޒަފުންނަށް މުހިންމުވަނީ ކީއްވެ؟


ސްޓެލްކޯގެ މުވައްޒަފުންނަކީ އާންމުރައްޔިތުންނާއި އެންމެގާތުން އެންމެގިނަ ވަގުތު މަސައްކަތްކުރާ އެއްކުންފުންޏެވެ. 24 ގަޑިއިރު، ރައްޔިތުންގެ ޚިދުމަތުގައި އަވަދިނެތި ހޭދަކުރާއިރު، ކޮންމެ ދުވަހަކީ ވެސް އެތައް ރައްޔިތުންނާ ބައްދަލުކުރަން ޖެހޭ ދުވަހެކެވެ. މުޅިން އަލަށް ބައްދަލުވާ ފަރާތްތަކާއި ކޮންމެ ދުވަހަކު ނުވަތަ އާންމުގޮތެއްގައި ބައްދަލުވާ ފަރާތްތައް ވެސް އުޅޭނެއެވެ. އެހެންކަމުން ކޮންމެ ރައްޔިތަކާ ވެސް ރުވެތި ދިވެހި ބަހުން މުއާމަލާތް މުރާން އެނގުމަކީ އަޅުގަނޑުމެންގެ މާދަރީ ބަސް ކުރިއަރައި، ރައްޔިތުންގެ ހިތްތަކުގައި ވެސް ދިވެހިބަހަށް ލޯބި ޖެއްސުމަށް އިތުރަށް ދެވޭ ހިތްވަރެކެވެ.


ކިޔުންތެރިންގެ ހިޔާލު