އުރީދޫ އިން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

3 months ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.


އެ ކުންފުނިން 'އެކްސް' އަށް ދޫކޮށްފައިވާ ޕޯސްޓެއްގައިވާގޮތުން މި ހަވީރު ބޭއްވުމަށް ތާވަލުކޮށްފައިވަނީ މި އޮގަސްޓް މަހުގެ 30 ވާ ހުކުރު ދުވަހުއެވެ.


ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނަ މި ހަވީރުގައި ކުޑަކުދިންނާއި ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


އެގޮތުުން ފޯމް ޕާޓީ، ޓްރާންސްފޯމަރ ރޮބަޓްސް އަދި ތަފާތުއެކި ގޭމްތައް ވަނީ ހިމަނާފައެވެ.


އުރީދޫ އިން ވަނީ މި ހަވީރުގައި ވީހާ ވެސް ގިނަ ކުޑަކުދިން ބައިވެރިކޮށްދިނުމަށް ބެލެނިވެރިންގެ ކިބައިން އެދިލައްވާފައެވެ.


އެ ކުންފުނިން އަންނަނީ މިފަދަ ހަރަކާތްތައް ދޭތެރެދޭތެރެއިން ބާއްވަމުންނެވެ. އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްރޭސް ބޭއްވުމާއި ރާއްޖޭގެ ބޮޑު އިންސައްތައަކަށް 5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު