ރާއްޖެއަންނަ އިޓަލީގެ ފަތުުރުވެރިންގެ އަދަދު އިތުރުވަނީ

1 month ago

އަފްރާހް

ރާއްޖެއަންނަ އިޓަލީގެ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަމަށ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެއީ އެންމެގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަތަރުވަނަ އަށް އަރާފައެވެ.


ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީން 100082 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ފައިބެއަހަރު އިޓަލީން ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 118412 ފަތުރުވެރިންނެވެ. އަދި އިޓަލީއަކީ މިދިޔަ އަހަރުތެރޭ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމެވެ.


ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. އެގައުމުން ވަނީ 194907 ފަތުރުވެރިން އައިސްފައެވެ.


އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ފައިބެއަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.2 މިލިޔަން ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 10.5 އިންސައްތައިގެ ކުރިއެރުމެކެވެ.


ކިޔުންތެރިންގެ ހިޔާލު