ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތައް އުމްރާއަށް ފޮނުވަނީ

1 month ago

އަފްރާހް

ކީރިތި ގުރުއާން ހިތުދަސްކުރާ ފަރާތްތައް ޢުމްރާއަށް ފޮނުވުމުގެ މަޝްރޫއު އިފްތިތާޙުކޮށް، އުމްރާއަށް ފޮނުވާ ފުރަތަމަ ހާފިޒަށް އެކަމުގެ ލިޔުން އަރުވައިފިއެވެ.


މިގޮތުން މި މަޝްރޫއުގެ ދަށުން ޢުމްރާ ދަތުރުގެ ފުރުސަތު އަރުވާފައިވަނީ އަލްޙާފިޡް ޢަލީ ރަޢީފުއަށެވެ. އޭނާއަށް ލިޔުން ހަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.


މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މިއަދު މި މަޝްރޫއު ލޯންޗުކުރެވި އުމްރާ ދަތުރު އެރުވިފައިމިވަނީ ވަރަށް ހާއްސަ ޙާފިޡެއް ކަމަށެވެ. އޭނާ އަކީ އެއްވަނަ ދަރަޖައިގައި ގުރުއާނުގެ އާޔަތްތަކުގެ ނަމްބަރާއެކު ހިތުދަސްކޮށްފައިވާ ޙާފިޡެއްްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.


މިކަމަށްޓަކައި ރަޢީފްއަށާއި ރަޢީފްގެ މައިންބަފައިންނަށް ތަޙުނިޔާއާއި މަރުޙަބާ ދަންނަވާ ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މިކަމަކީ ގުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ.


ގުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް އުމްރާއަށް ފޮނުވުމުގެ މަޝްރޫއެއް ފެށުމަށް ހަމަޖެހިފައިވާކަން ވަޒީރު އިއުލާން ކުރެއްވީ ކީރިތި ގުރުއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު