އުފާ ފެސްޓިވަލުގައި އުރީދޫގެ ފޯމް ޕާޓީ އަދި މޫވީ ނައިޓް މިއަދު

5 months ago

އަފްރާހް

މިއަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިއަދަކީ ވަަރަށް ހާއްސަ ދުވަހެއް ކަމުގައި އުރީދޫ މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން ވިދާޅުވީ މިއަދު ހަވީރު ހަތަރަކުން ފެށިގެން އުރީދޫ އިން ރާވާފައިވާ “ޥޯޓަރ ފަން” ކުރިއަށް ދާނެ ކަމަށެވެ. ސެންޓްރަލް ޕާކުގައިފެނާއި ކުލަޔާއި ފޯމް ހިމަނައިގެން ކުދަކުދިންނަށާއި އާއިލާތަކަށް ބައިވެރިވެވޭގޮތަށް މި ހަރަކާތް ކުރިއަށްދާއިރު، އަމިއްލަ ފެން ބަޑިއެއް ހިފައިގެން މި މަޖަލުގައި ބައިވެރިވުމަށް ހުރިހައި ކުދިންނަށް ވެސް އެ ކުންފުނިން ވަނީ ދައުވަތު އަރުވާފައެވެ.

މީގެއިތުރުން ފޯމް ޕާޓީ ވެސ ްމިއަދު އޮންނައިރު، އާއިލާ އާއެކު ފިލްމު ބަލައިލުމުގެ ފުރުސަތު ވެސް މިރޭ އޮންނާނެއެވެ. މި ހަރަކާތް ވެސް ސެންޓްރަލް ޕާކުގައި ކުރިއަށްދާއިރު، 'ވުޑީ ވުޑްޕެކަރ ގޯޒް ޓު ކޭމްޕް' ބަލާލުމަކީ މި ފެސްޓިވަލް ފުރިހަމަ ކޮށްދޭނެ ކަމެއްކަމުގައި އުރީދޫ އިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސް އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އެޗް.ޑީ.ސީ ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެ ދުވަހަށް ދެމިގެންދާ “އުފާ ފެސްޓިވަލް” ކުރިއަށްދާނީ މެއި 10 އަދި 11 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައެއް ޖަހަންދެންނެވެ.

ކިޔުންތެރިންގެ ހިޔާލު