ރައްޔިތުންގެ ބޭންކަށް އަނެއްކާވެސް އެރާ އަރައިފި

1 month ago

އަފްރާހް

ރައްޔިތުންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އަނެއްކާ ވެސް އެރާ އަރައިފިއެވެ.


މިފަހަރުގެ އެރާ އެރީ ޕެންޝަން ފައިސާގެ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ފައިސާ ޖަމާކުރުމުގައެވެ.


އެގޮތުން ހިއުމަން ނުވަތަ ސިސްޓަމް އެރާ އިން ވިޔަސް ބައެއް މީހުންގެ އެކައުންޓަށް 15،000 ރުފިޔާ ޖަމާކޮށްފައިވާއިރު، މިއީ ކޮންމެ މީހެއްގެ އެކައުންޓަށް ވެސް 5000 ރުފިޔާ ޖަމާކުރަން އުޅެނިކޮށް ދިމާވި ކަމެކެވެ.


މިކަމާއިގުޅިގެން ޕެންޝަން އޮފީހުން ވިދާޅުވެފައިވަނި އެ އިދާރާގެ އެކައުންޓުން ކެނޑިފައިވަނީ ޕެންޝަނަށް ވީ އަދަދު ކަމަށެވެ.


މި ހާދިސާ ހިނގާފައިވާއިރު، މިދިޔަ ޖުލައި މަހު ވަނީ ލިލީ ބީޗް ރިސޯޓުގެ ބައެއް މުވައްޒަފުންގެ މުސާރަ އަށް 77 ބިލިއަން ޑޮލަރު އޮޅިގެން ފޮނުވާފައެވެ. އެފަހަރު ބީއެމްއެލް އިން ބުނީ އެއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި ހިއުމަން އެރޯއެއްގެ ސަބަބުން ދިމާވިކަމެއް ކަމުގައެވެ.


އެ ބޭންކުން ވަނީ އެފައިސާ ޖަމާކުރެވުނު އެކައުންޓުތައް ދެނެގަނެ، އެ ފައިސާ ވަނީ އަނބުރާ ހޯދާފައެވެ.


ކިޔުންތެރިންގެ ހިޔާލު