ސްޓެލްކޯގެ މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފި

1 month ago

އަފްރާހް

ސްޓެލްކޯގެ މުޅި ނެޓްވޯކް ސްމާޓް ގްރިޑަކަށް ބަދަލުކޮށްފިއެވެ.


މިކަން ހާމަކުރައްވާ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ދެން ކުރިއަށްދާނީ ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ލަސްވެފައިވަނީ ސްމާޓް ގްރިޑް އިމްޕްލިމަންޓްކޮށް ނިމެންދެން މަޑުކޮށްލާފައިވާތީ ކަމަށެވެ.


އެމަނިކުފާނު އިތުރަށް ވިދާޅުވީ ޖުމްލަ ޓޯޓަލް ސޮލިއުޝަން ލިބެނީ ސްމާޑް ގްރިޑާއި ސްމާޓް މީޓަރާ އެއްކޮށް އައިމާ ކަމަށެވެ.


އެމްޑީ ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުން ސްމާޓް މީޓަރަށް ބަދަލު ކުރުން ކަމަށެވެ. އަދި މިހާރު އޮފީހުގައި ތިބެގެން ސްޓެލްކޯގެ ހުރިހާ ޓްރާންސްފޯމަރުތައް ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ސްޓެލްކޯގެ ހުރިހާ އިންޖީނުތައް އޮޕަރޭޓްކުރަމުންދަނީ އެސްކާޑާ ސިސްޓަމެއް މެދުވެރިކޮށް ކޮމްޕިއުޓަރު މެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޑިސްޓްރިބިއުޝަން ސިސްޓަމް މިހާރު ސްމާޓް ގްރިޑަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


މިއާއެކު ހުރިހާ ޓްރާންސްފޯމަރުތައް އޮފީހުގައި ތިބެގެން ކޮންޓްރޯލްކޮށް ލޯޑް ކަލްކިއުލޭޓް ކުރެވޭނެ ކަމަށް ވެސް އެމްޑީ ފަހުމީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު