މިއީ ފިލްމެއްގެ މަންޒަރެއް ނޫން - ނުރައްކަލުގެ ރަނގަބީލެއް!

1 month ago

އަފްރާހް

މީސްމީޑިއާގައި އާންމުވެފައިވާ ފުރަތަމަ ވިޑިއޯއިން ފެންނަނީ އަންހެނަކު ހިފަހައްޓައިގެން ހުރެ ފިރިހެނަކު ވާހަކަދައްކާ މަންޒަރެވެ. ދެން އެހެން ވީޑިއެއްގައި ފެންނަނީ އެމީހާ އެ އަންހެން މީހާ ގޮވައިގެން އެގެއިން ބޭރަށް ނިކުމެ ސައިކަލަށް އަރާ އިންތަނެވެ. އޭރު އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ.


އެ އަންހެންމީހާ ކަރުގައި ވަޅި ޖައްސައިގެން ހުރި ކަމަށް އެ ވީޑިއޯއިން އިވޭ އަޑުތަކުން މީހަކު ބުނާ އަޑު އިވޭއިރު، އެވަގުތު އެ އަންހެން މީހާ ސައިކަލު ކުރިއަށް އަރުވައި އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ހުރެ ސައިކަލު ފަހަތަށް އެ ފިރިހެން މީހާ އަރާ ހަމަޖެހިލައި، ސައިކަލު ދުއްވާފާ ދާ މަންޒަރު ފެނެއެވެ. ސައިކަލު ދުއްވަނީ އެ އަންހެން މީހާއެވެ. ފަހަތުގައި އިން ފިރިހެން މީހާ އިނީ އެ އަންހެންމީހާ ގައިގައި ހިފަހައްޓައިގެން ތޫނު އެއްޗަކުން ބިރު ދައްކައިގެންނެވެ.


މިއީ މާލޭގެ ގެއެއްގައި އަންހެނަކު ރަހީނުކޮށްގެން އުޅުމަށްފަހު، އޭނާ ގޮވައިގެން ބޭރަށް ނުކުމެ، އުޅުނު ވީޑިއޯތަކެވެ.


މީސްމީޑިއާގައި ދެން އާންމުވީ އެމީހާ އަތިުލައިގަންނަ ވީޑިއޯއެެވެ. އެ ވީޑިއޯގައި ސައިކަލު ކުރިއަށް ދިއުމަށް ޖާގަ ހަދައި، ފުލުހުން ދިޔައީ އާންމުން ދުރަށް ޖައްސަމުންނެވެ. އޭރު ކިޑްނޭޕަރު ވަޅިއެއް އެ އަންހެންމީހާގެ ކަރުގައި ޖައްސައިގެން އިނދެ، މީހުން ދުރަށް ޖެހުމަށް ދިޔައީ ގޮވަމުންނެވެ.


އެވަގުތު ކިޑްނެޕް ކުރި މީހާގެ ސައިކަލު ފަހަތުން އައި ފުލުހުންގެ ސައިކަލެއްގެ ފަހަތުގައި އިން އޮފިސަރަކު ފައިބާ އޭނާގެ އަތުގައި އޮތް މުގުރުބުރިން ކިޑްނެޕް ކުރި މީހާގެ ބޮލުގައި ޖަހާ މަންޒަރު ފެނެއެވެ. އެއާއެކު ކިޑްނެޕަރާއި އަންހެން މީހާ މަގުމައްޗަށް ވެއްޓެއެވެ. އަދި އާންމުން ވެސް އެ ސަރަހައްދަށް އެއްވެ، ވެއްޓިފައި އޮތް ފިރިހެން މީހާ ގައިގައި ތަޅަން ފަށައެވެ.

ދެން ފުލުހުން އާންމުން ދުރަށް ޖައްސާ އެ ފިރިހެން މީހާ ހިފަހައްޓައެވެ. އަދި ރަހީނު ކުރި އަންހެން މީހާ އެއްފަރާތަކަށް ޖައްސާ އެތަނުގައި ތިބި އަންހެނުންތަކެއް އެ އަންހެން މީހާއާ ހަވާލުވާ މަންޒަރު ފެނެއެވެ. އެ ސަރަހައްދުގައި ގިނަ އަދަދެއް ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.


މިކިޔައިދިނީ ރާއްޖޭގެ ސިނަމާއެއްގައި ނުވަތަ އެހެންވެސް ގައުމެއްގެ ސިނަމާއަކަށް، ވީއޯޑީއެއްގައި އެޅުވުމަށް ތައްޔާރުވަމުން ދިޔަ ފިލްމެއްގެ ޝޫޓިންގ ހިނގަމުން ދިޔަ މަންޒަރެއް ނޫނެވެ. ފުރަމާލޭގައި ހިނގައިދިޔަ ހަގީގީ ހާދިސާއެއްގެ މަންޒަރުތަކެވެ. މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން މަދު މިންވަރެކެވެ.


މިއިން ވެސް ހާމަވަނީ މި ރާއްޖޭގައި އަމަންއަމާންކަން ގެއްލިފައިވާ މިންވަރެވެ. އަމިއްލަ ގެއަށް ވެސް ވަނުމަށްފަހު، ނުކުމެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމެވެ. ބޭރަށް ނުކުމެއްޖެނަމަ، އަނބުރާ ގެއަށް ވަދެވޭނެކަމުގެ އުއްމީދެއް ނެތް މަންޒަރެވެ.


ރާއްޖެއަކީ ސުލްހަ މަސަލަސްކަމާއި އަމާންކަމުގައި މުޅި ދުނިޔެއަށް ވެސް ނަމޫނާއެކެވެ. އެހެންނަމަވެސް މިފަހަކަށް އައިސް މާލޭގެ މަތުމަތިން ފެންނަނީ ދިމާއިދިކޮޅު މަންޒަރުތަކެވެ. ރޯމާ ދުވާލު ފޭރެނީއެވެ. ވައްކަން ކުރަނީއެވެ. މީހުންގެ މުދަލަށް އަރައިގަންނަނީއެވެ. މަސްތުގެ ހާލަތުގައި މަގުތަކުގައި ނިދިޖެހިފައި ތިބޭ ޒުވާން ގިނަވަނީއެވެ.


ބިދޭސީން ގިނަވެ، ދިވެހީން ކުރަމުން އައި ހުރިހާކަމެއް އެވެރިން ކުރުމަށް ދޫކޮށްލުމުގެ ނަތީޖާ ވެސް ފެންނަމުން ދަނީ ހިތިކޮށްނެވެ.


ތަފާތު އެކި ކަންކަމުގައި އެކިގޮތްގޮތުން މީހުން ރަހީނުކޮށް، ފޭރޭ މަންޒަރާއި އަޑު ދިޔައީ އިވެމުންނެވެ. ނަމަވެސް 29 އޮގަސްޓް ވީ ބްރާސްފަތި ދުވަހުގެ ރޭ ފުރަމާލޭގެ މަގުމަތިން ފެނުނީ މީގެކުރީން ފެނިދާނެކަމަށް ހީވެސް ނުކުރާފަދަ މަންޒަރެކެވެ.


މިހާލަަތަށް ގައުމު ވެއްޓުމުގައި ކޮންމެވެސް ބައެއްގެ އިހުމާލުވާނޭކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އެންމެ ބޮޑު އިހުމާލަކީ 'އިންސާފު' ގާއިމު ނުކުރެވުމެވެ. ނުވަތަ އިންސާފުގެ ތަރާދު ދެވަރުވުމެވެ.


ދިވެހި ރައްޔިތުން ބޭނުންވަނީ މިފަދަ ރާއްޖެއެއް ނޫނެވެ. އަމާންކަމާއި ހިތްހަމަ ޖެހުމާއެކު އުޅެވޭނެ ރާއްޖެއެކެވެ. އިންސާފަކީ ވަކި ބަޔަކަށް އޮންނަ އެއްޗަކަށް ނުހަދައި، ހަމަހަމަ ކަމާއެކު ގާއިމުކޮށްދިނުމެވެ. އަންނާން އޮތް ޖީލުތަކަށް ވެސް ސުލްހަމަސަލަސްކަންމަތީ ދިރިއުޅެވޭނެ ރާއްޖެއެވެ.


ކިޔުންތެރިންގެ ހިޔާލު

ސަމާލުކަމަށް

ހެއްދެވުމުގައި ފަސްހިއްސު ރަގަޅު ދުނިޔޭގެ އެދުމުގައި ލޯއަދިރި ކަންފަތް ބީރުވެފަތި ބޭމީހުންވެސް އުޅޭ އެކަމަކު މިރާއްޖޭގަމިއުޅޭ ގުންޑާއިން ހެންއުޅޭބަޔަކު މިދުނިޔޭގައެއްވެސްހިސާ ބެއްގައުޅޭބާއޭ އަޅުގަނޑު ހިތަށްއަރާ ޖާހިލުންގެވެސް ގޮތެންހުރޭ މިރާއްޖޭގައުޅޭ ޖާހިލުންގެގޮތެއްފޮތެއްނެތިކަމާމެދުއަޖާއިބު އަންތަރީސްވެ ނުވަމަސްތެރޭ މުޅިޖީލެއް ޑ.ރ.މުޢިއްޒުހަލާކުކުރރި 2004 ހަތަރަކުންފަށައިގެން 2024 ހާހިސާބަށް މިރާއްޖޭގައިހަމައެއްގޮތަކައްވެސްމާރާމާރީއެއްހިގާފަނެތީތޯ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ަޔަކު ވެސް ނުއުޅެނީބާ ހަމަ 2024. ގައެކަނިތޯމިހުރިހާކަމެއްމިކުރަނީ އެހެންވިއްޔާމިއީގަހެއްގައަޅާފަހުރިއެއްޗެއްތާ މިހުރިހާނެއްގާނިޢަމލުތަށްރަގަޅުކުރަންބޭނުންވެގެންއުޅޭބައެއްގެކިބައިންފެނިގެންދާނެޢަމަލުތަކެއްތޯ ތިމާމެންގެކިބައިންތިފެންނަނީ

1 month ago

ބަދުރު

ައިސްލާމީ ރިވެތި އުސޫލްތަށް ނެތިގެން ދާނަމަ ފެންނާނީ މިބާވަތުގެ ޢމަލުތަށްކަން ޔަޤީން. އަޅަމެންގެ ދަރިންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން.

1 month ago

ފަރީސާ

މިފެނިގެންދަނީ މިހާރުމިގައުމުގެ ހާލަތު ވެރިކަމުގެ ނުކުޅެދުންތެރިކަް ދިވެހިން ގެރާއްޖެ ގައުމިއްޔަތު މިވެރިކަން ގެނާމީހުނައް ރާކަނިމަސް މުއިޒު ކާންދެނީ މިފެނިގެން ދަނީމިރާއްޖޭގަ އަމާންކަންނެތްތަން އަދިދުވަހަކުވެސް ނުދެކެން mevaruge ސަރުކާރެއް ދެންކީކުރާނީދޯ މިއީ ދިވެިންގެރާއްޖެ

1 month ago