އުރީދޫ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް

3 months ago

އަފްރާހް

އުރީދޫ މޯލްޑިވްސް އިން ބޭއްވި ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.


އޮގަސްޓް 30 ވީ ހުކުރު ދުވަހު ހަވީރު، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ހަވީރުގައި ކުޑަކުދިންނާ ގުޅޭ ތަފާތުއެކި ކުޅިވަރުތައް ވަނީ ބާއްވާފައެވެ.


އެގޮތުުން ފޯމް ޕާޓީ، ޓްރާންސްފޯމަރ ރޮބަޓްސް އަދި އެހެނިހެން ތަފާތުއެކި ގޭމްތައް ވެސް ބާއްވާފައި ވެއެވެ.


މީގެއިތުރުން މިއުޒިކް ޝޯވއެއް ވެސް މިހާރުދަނީ ކުރިއަށެވެ. މި ޝޯވ ބެލުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.


އެ ކުންފުނިން އަންނަނީ މިފަދަ ހަރަކާތްތައް ދޭތެރެދޭތެރެއިން ބާއްވަމުންނެވެ. އުރީދޫގެ 19 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ވެސް އަންނަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ.


އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްރޭސް ބޭއްވުމާއި ރާއްޖޭގެ ބޮޑު އިންސައްތައަކަށް 5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު