ރައީސްގެ 5 ލައްކަ ގަސް އިންދުމުގެ ހަރަކާތަށް ސްޓެލްކޯ އިން 30000 އަށްވުރެ ގިނަ ގަސް އިންދައިފި

1 month ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވާފައިވާ 5 ލައްކަ ގަސް އިންދުމުގެ ހަރަކާތަށް ސްޓެލްކޯ އިން 30000 އަށްވުރެ ގިނަ ގަސް އިންދައިފިއެވެ.


އެ ކުންފުނިން ހާމަކުރައްވާފައިވާ ގޮތުގައި ރައީސްގެ މި ވައުދުފުޅުގައި ބައިވެރިވުމުގެ ގޮތުން ސްޓެލްކޯ އިން ފެށި ގަސް އިންދުމުގެ ހަރަކާތުގައި މި އޮގަސްޓް މަހުގެ 27 ގެ ނިޔަލަށް ވަނީ 30371 ގަސް އިންދާފައެވެ.


މީގެއިތުރުން އެ ކުންފުނިން ވިދާޅުވީ ރައީސްގެ އަމާޒަށް ވާސިލުވުމަށް ކުރިއަށް އޮތް ކޮންމެ މަހަކު ވެސް ގަސް އިންދުމުގެ ޕްރޮގްރާމް ހިންގާނެ ކަމަށެވެ. އަދި މި ޕްރޮގްރާމު ހިންގާނީ އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ކަމަށް ވެސް ވިދާޅުވިއެވެ.


އެ ކުންފުނިން އަމާޒު ހިފާފައިވަނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގައި މިއަހަރު ތެރޭގައި 25000 ގަސް އިންދުމަށެވެ.


މިކަމާއިގުޅިގެން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެފައިވަނީ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެ ކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވެސް ވާސިލުވުމަށް މަގުފަހިވާނެ ކަމަށެވެ.


ސްޓެލްކޯ އިން ގަސް އިންދުމަށްފަހު، ކޮންމެ ރަށެއްގައި ވެސް 'ގްރީން އެޖެންޓު'ގެ ގޮތުގައި އެ ގަސްތައް ބެލެހެއްޓުމަށް މީހަކު ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރަނީ ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު