3 months ago
ސައުދީ އަރަބިއާ އާއި ލިވަޕޫލުގެ ފޯވަރޑު މުހައްމަދު ސަލާހް (ސަލާ)، ލިވަޕޫލު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ ލިވަޕޫލާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ ހޫނު މޫސުމުގެ ނިޔަލަށް ހަމަވިނަމަވެސް ކޮންޓްރެކްޓް އައު ކުރުމާއި ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް މިހައިތަނަށް ނުކުރެއެވެ.
ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކުރި މެޗުން 3-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ސަލާ ލަނޑު ޖަހާފައިވާއިރު، މެޗަށްފަހު އޭނާ ބުނެފައިވަނީ ވިސްނުން މިހާރު ހުރީ އޭނާ އަކީ "ފްރީ" ކުޅުންތެރިއެއް ގޮތުގައި ކަމަށެވެ. އަދި ސީޒަން ނިމުމާއިއެކު ވާނެ ގޮތެއް ބަލަން ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޯޗް ސްލޮޓް ބުނެފައިވަނީ ކުޅުންތެރިންގެ ކޮންޓްރެކްޓާއި ގުޅޭ ގޮތުން އޭނާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ. އަދި ސަލާގެ ކުޅުމާއިމެދު އޭނާއަށް ދެއްކޭނެ ވަރަށް ގިނަ ވާހަކަ ހުރިކަން ފާހަގަކޮށް ރޭގެ މެޗުގައި ސަލާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށް ސްލޮޓް ވަނީ ބުނެފައެވެ.
ސަލާ ލިވަޕޫލް އާއި ގުޅުނީ 36.9 މިލިއަން ޕައުންޑްގެ ފީއަކަށް 2017 ވަނަ އަހަރުއެވެ. އެއީ އިޓަލީގެ ރޯމާ އިންނެވެ. އަދި 2022 ވަނަ އަހަރު އޭނާ ލިވަޕޫލް އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރީ ހަފްތާއަކު ތިން ލައްކަ ފަންސާސް ހާސް ޕައުންޑަށެވެ.
ސަލާގެ ސޮއި ހޯދުމަށް މިދިޔަ ސެޕްޓެމްބަރ މަހު ސައުދި އަރަބިއްޔާގެ އަލް އިއްތިހާދުން 150 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ލިބުނު ނަމަވެސް ލިވަޕޫލް އިން ވަނީ އެ ހުށައެޅުން ދޫކޮށްފައެވެ.
ސަލާ ވަނީ ލިވަޕޫލަށް މިހާތަނަށް ކުޅެދިން ދުއިސައްތަ ފަންސާހަށްވުރެ ގިނަ މެޗުގައި 150 އަށް ވުރެ ގިނަ ލަނޑު ޖަހާފައެވެ.