ކާވާ ވޮލީބޯޅަ ޗެލެންޖުގައި ވާދަކުރާ ޓީމަށް ޖާރޒީ ހަވާލުކޮށްދެއްވައިފި

3 months ago

އަފްރާހް

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމަށް ޖާރޒީ ހަވާލުކޮށްފިއެވެ.


އެ ޓީމަށް ޖާރޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.


އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރާނެއެވެ. އެއީ ތަޖިކިސްތާން، ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ރާއްޖެ އެވެ.


މިމަހުގެ 6 ން 11 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް ވަޒީރު ރާފިޢު ޖާރޒީ ހަވާލްކޮށްދެއްވީ އެކަމަށްޓަކައި ޒުވާނުންގެ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.


ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ގައުމީ ޓީމް އިއުލާން ކުރުމާއި ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަން ވެސް ވަނީ އިއުލާން ކޮށްފައެވެ.


ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކުޅަދާނަ އެޓޭކަރު ހައްވާ ރާޝިދާ އެވެ. އަދި ވައިސް ކެޕްޓަނަކީ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު އެވެ.


ކިޔުންތެރިންގެ ހިޔާލު