ސާއިދު ފަހަތަށް - އިބާރު ކުރިއަށް

1 month ago

އަފްރާހް

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ރަން މެޑަލް އިބާދު އާދަމް ހޯދައިފިއެވެ.


އޭނާ ރަން މެޑަލް ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ދިވެހި ސިފައިންގެ ކުލަބުގެ ހަސަން ސާއިދު ބަލިކޮށްފައެވެ. 100 މީޓަރުގެ ފައިނަލުގައި ރައުހަތު ސްޕޯޓްސް ކުލަބްގެ އިބާދު ކާމިޔާބުކުރީ 10.59 ސިކުންތުން ނިންމައިގެންނެވެ. ސާއިދު ދުވުން ނިންމީ 10.67 ސިކުންތުންނެވެ. އަދި ތިން ވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ މުޙައްމަދު މިންހާލް ޝާމިން އެވެ. އޭނާގެ ވަގުތަކީ 10.74 ސިކުންތެވެ.


އަންހެނުންގެ 100 މީޓަރުގެ ދުވުމުން ރަން މެޑަލް ޝަރީފް ސްޕޯޓްސްގެ އަހުނާ ނިޒާރު ކާމިޔާބުކުރީ 12.33 ސިކުންތުން ނިންމައިގެންނެވެ. އަދި ކަސްޓަމްސްގެ ރެކްރިއޭޝަން ކުލަބުގެ އައިޝަތު ޝަބާ ސަލީމް ދެވަނަ ހޯދީ 12.40 ސިކުންތުން ނިންމައިގެންނެވެ. މިބައިގެ ތިން ވަނަ ކާމިޔާބުކުރީ އައްޑޫ އެތްލެޓިކްސްގެ އައިޝަތު ހިމްނާ ހަސަނެވެ. އެއީ 12:58 ސިކުންތުން ރޭސް ނިންމައިގެންނެވެ.


އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ މުބާރާތް ފެށީ ސެޕްޓެމްބަރ 5 ދުވަހުއެވެ. މި މުބާރާތް މި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު