ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން 17 ވަނަ ފަހަރަށް ޑީއެސްސީ އަށް

3 months ago

އަފްރާހް

33 ވަނަ ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024 ގެ ޗެމްޕިއަންކަން، ދިވެހި ސިފައިންގެ ކުލަބު ހޯދައިފިއެވެ. 


މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދި 17 ވަނަ ފަހަރެވެ.


ސެޕްޓެންބަރު 5 އިން 7 އަށް މާލޭ ސިންތެޓިކް ޓްރެކް ދަނޑުގައި ބޭއްވި ނޭޝަނަލް އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ޑީއެސްސީއަށް ލިބިފައިވަނީ 264 ސްކޯރ ހޯދައިގެނެވެ. 


މި މުބާރާތުގެ އަންހެން ބެސްޓް އެތުލީޓުގެ އެވޯޑް ހާސިލްކުރީ ޑީއެސްސީގެ، ރެކްރޫޓް ފަސޫޙާ އަޙްމަދެވެ. މި މުބާރާތުގައި އަންހެން 1500 މީޓަރު ދުވުމުގެ އިވެންޓުން ރެކްރޫޓް ފަސޫޙާ އަޙްމަދު ވަނީ ޤައުމީ ރިކޯޑެއްވެސް ގާއިމުކޮށްފައެވެ.


ދިވެހި ސިފައިންގެ ކުލަބު މި މުބާރާތް ކާމިޔާބުކޮށްފައިވާ އަހަރުތަކަކީ 2005، 2006، 2007، 2008، 2010، 2011، 2012، 2013، 2014، 2015، 2016، 2017، 2018، 2019، 2021، 2022، އަދި މި އަހަރެވެ.


ކިޔުންތެރިންގެ ހިޔާލު