ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަންގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް

3 months ago

އަފްރާހް

15 ވަނަ ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން 2024 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.


ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި ހިނގާ ސެޕްޓެމްބަރ މަހުގެ 15 ވާ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހުމާއި ހަމައަށް ކަމަށެވެ.


މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރ 27 އަދި 28 ވަނަ ދުވަހު ކުޑަގިރީގައެވެ. މި މުބާރާތުގައި ވެސް ތަފާތު ކެޓަގަރީތައް ވަނީ ހިމަނާފައެވެ.


އެގޮތުން 5 ކިލޯމީޓަރު ނެޝަނަލް ޗެމްޕިއަން އަދި 3 ކިލޯމީޓަރު ނެޝަނަލް ޖޫނިއަރ ހިމެނެއެވެ. އަދި 1 ކިލޯމީޓަރުގެ ސްވިމިންގ ޗެލެންޖާއި 0.5 ކިލޯމީޓަރުގެ ކިޑްސް ސްވިމިންގ ޗެލެންޖު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު