3 ގަޑިއިރަށް ވުރެ ގިނަ ވަގުތު އައިސް ކިއުބްގެ ތެރޭގައި އޮވެގެން ދުނިޔޭގެ ރެކޯޑު ފޮތަށް

5 months ago

އަފްރާހް

ދުނިޔޭގެ ރެކޯޑު ފޮތުން ނުވަތަ ގިނިސް ބުކް އޮފް ވަރލްޑް އިން ޖާގަ ހޯދުމަަށް ތަފާތު އެކި ކަންކަން އަންނަނީ މީހުން އަންނަނީ ކުރަމުންނެވެ.

އެގޮތުން މިފަހަރު މި ފާހަގަކޮށްލެވެނީ ކަނބަލެއްގެ ހިތްވަރެވެ.

3 ގަޑިއިރަށް ވުރެ ގިނަ ވަގުތު އައިސް ކިއުބްގެ ތެރޭގައި އޮވެގެން ދުނިޔޭގެ ރެކޯޑު ފޮތުން، އަންހެނަކު ޖާގަ ހޯދުމުންނެވެ.

އުމުރުން 48 އަހަރުގެ ކަތަރިޒިނާ ޖަކަބަސްކާ ވަނީ 3 ގަޑި އިރާ 6 މިނެޓް 36 ސިކުންތު ވަންދެން އައިސް ކިއުބްތަކެއްގެ ތެރޭގައި ހުރެފައެވެ. އޭނާ މި ރެކޯޑު ގާއިމުކުރީ އައިސް ކިއުބް އަޅާފައިވާ ފޮއްޓެއްގެ ތެރެއަށް އޭނާގެ ކަރުން ފެށިގެން ތިރީގެ ހުރިހައި ހިސާބެއް ރައްކާކޮށްގެން ހުރެއެވެ.

މި ހަރަކާތް ކުރިއަށް ދިޔައިރު، އޭނާ އެރިގެން ހުރި ފޮށިގެ ތެރެއިން އައިސް މަދުވާވަރަކަށް ދިޔައީ އައިސް އަޅަމުންނެވެ.

ސަޕޯޓަރުން އޭނާ އަށް ހިތްވަރުދެމުން ދިޔައިރު، މިގޮތަށް އައިސް ކިއުބްތަކެއްގެ ތެރޭގައި އެންމެގިނަ ވަގުތު ހޭދަކުރި އަންހެނެއްގެ ރެކޯޑު ގާއިމު ކުރުމާއި އެކު ސަޕޯޓަރުން ދިޔައީ އުފާ ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު