ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލުކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވަން: ރައީސް

1 month ago

އަފްރާހް

4 ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒު މެޑަލް ހޯދުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މަރުހަބާ ވިދާޅުވީ މީސްމީޑިއާ މެދުވެރިކުރައްވައެވެ.


ރައީސް ވަނީ އެ މުބާރާތުގައި ރާއްޖެއިން ވާދަކުރި އަންހެން އަދި ފިރިހެން ހަތަރެއް ގުނަ ސަތޭކަ މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ހާސިލްކޮށް، ގައުމަށް ހޯދައިދިން ރީތިނަން ފާހަގަކުރައްވާފައެވެ.


މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވަނީ ދިވެހި ޒުވާން އެތުލީޓުން ބްރޯންޒް މެޑަލް ހާސިލުކޮށް، ދެއްކި ހުނަރާ ހިތްވަރަށް ފަޚުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ ހާމަކުރައްވާ ސާބަސް ދެއްވައިފައެވެ.


ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށްދިޔައީ އިންޑިއާގެ ޗެންނާއީގައި މިމަހުގެ 11 ން 13 ގެ ނިޔަލަށެވެ. މި މުބާރާތުގައި ދިވެހި ޒުވާން އެތުލެޓިކްސް ޓީމުން، އަންހެން އަދި ފިރިހެން 100 މީޓަރު ރިލޭއިން ރަންވަންލޯ މެޑަލް ހޯދީ ރާއްޖޭގެ ޖޫނިއަރ އުމުރުފުރާގެ އައު ރެކޯޑަކާއިއެކުއެވެ.


މި ފަހަރުގެ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ދިވެހިޒުވާންޓީމުދެއްކެވި ހިއްވަރާއިފަންވަރަށް ހުނަރުވެރިރޭވުންތަކަށް ހޯއްދެވިފަޚުރުވެރިކާމިޔާބީއަށް ފައްފަށުން މަރުޙަބާ އަރިސްކުރަން

1 month ago