ދޭދަރު ރުއިން ގެ ޓީޒަރ އާންމުކޮށްފި

1 month ago

އަފްރާހް

އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލް އިން އާންމުންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ ދިވެި ފިލްމު 'ދޭދަރު ރުއިން' ގެ ޓީޒަރ އާންމުކޮށްފިއެވެ.


މަގްބޫލު އުފެއްދުންތަކެއް އާންމުންނަށް ގެނެސްދީފައިވާ އައިފިލްމްސް އާއި ކަޒްމިކް އިންޓަރނޭޝަނަލްގެ މި ފިލްމު ޑައިރެކްޓް ކުރަނީ ޑައިރެކްޝަނަށް އަލަށް ތައާރަފްވާ އައްޒާމު އެވެ.


މިއަހަރުގެ ނޮވެމްބަރ 20 ގައި ސިނަމާއަށް ނެރުމަށް އަމާޒު ހިފާފައިވާ މި ފިލްމަކީ އެކްޝަން ތްރިލަރއެކެވެ. ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ހުރި އެންމެ ކުޅަދާނަ އަދި އެންމެ ބިޒީ ބަތަލް ކަމުގައިވާ ޝަރަފުއްދީން ޢަބްދު (ޝަރަފް) އާއި ‏މައިހާ އާދަމް ޒާހިރު (މައި) އެވެ.


މީގެއިތުރުން ނޭޕާލު އަންހެން ކުއްޖެއްކަމަށްވާ ޝުޝްމާ ވެސް މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި ވަނީ ހިމަނާފައެވެ.


އައިފިލްމްސް އިން މިހައިތަނަށް ގެނެސްދީފައިވާ މަގްބޫލު ފީޗަރ ފިުލްމުތަކުގެ ތެރޭގައި ބަވަތަ އަދި ނީނާ ހިމެނެއެވެ. އަދި ކަޒްމިކް އިންޓަރނޭޝަނަލް އިން ނެރުނު ދަރަކަ ސީރީޒަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ކޮމެޑީ ފިލްމު ފްރީ ޑެލިވަރީ އަކީ ވެސް ގިނަމީހުން އަދިވެސް ބަލައިލަން ބޭނުންވާ އުފެއްދުންތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު