ޓްރަމްޕް އަވާހަރާކޮށްލަން ދެވަނަ ހަމަލާ

1 month ago

އަފްރާހް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.


ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާ، ޓްރަމްޕު އަވަހާރަކޮށް މަސައްކަތްކޮށްފައިވަނީ ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި ހުރެގެންނެވެ. އަދި އޭނާ ހުރީ އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ކަމަށެވެ.


އޮފިޝަލުންނާ ހަވާލާދީ ބީބީސީގައި ބުނީ އެމީހާ ޓްރަމްޕަށް ހަމަލާދިނީ އެ ގަސްތަކުގެ ތެރޭގައި އޮށޯވެ، އޮވެގެން ކަމަށެވެ. އަދި އެ މައުލޫމާތު ސީކްރެޓް ސަރވިސްގެ އެޖެންޓުންނަށް ފާހަގަވެ، ހަމަލާ ދިނުމާ އެކު އެ މީހާ ކާރެއްގައި ފިލައިގެން ދިޔަ ކަމަށް ވެސް ބުނެފައި ވެއެވެ.


އެހެންނަމަވެސް އެ ކާރާއި ނަންބަރު ޕްލޭޓްގެ ފޮޓޯއެއް ނެގުމުން އެ ކާރު ދެނެގަނެ، އެމީހާ މިހާރުވަނީ ހައްޔަރުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ.


ބީބީސީގައި އިތުރަށް ބުނީ އެ މީހާ އޮތީ ޓްރަމްޕާ 455 މީޓަރާއި 275 މީޓަރާ ދެމެދުގެ ދުރުމިނެއްގައި ކަމަށެވެ. އަދި އޭނާ އޮތް ސަރަހައްދުން އޭކޭ-47 ސްޓައިލްގެ ރައިފަލްއަކާއި ސްކޯޕެއް އަދި ދެ ދަބަހާއި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށެވެ.


މި ހާދިސާގައި ޓްރަމްޕަަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޓްރަމްޕް ވަނީ އެކަން ކަށަވަރު ކޮށްދެއްވައިފައެވެ.


މިއީ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ޓްރަމްޕް އަވަހާރަކޮށްލަން ދިން ދެ ވަނަ ހަމަލާއެވެ. ފުރަތަމަ ހަމަލާ ދިނީ މިދިޔަ ޖުލައި މަހު ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް ބަޑި ޖަހައިގެންނެވެ.


ޓްރަމްޕުގެ ބޮލަށް އަމާޒުކުރި އުންޑަ އެ ފަހަރު އަމާޒުވީ ކަންފަތަށެވެ. އެ ހަަމަލާ ދިން މީހާ ވަނީ ހަމަ އެ ވަގުތު ވަނީ ބަޑިޖަހައި މަރާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު