ކޫއްޑޫ އެއަރޕޯޓްގެ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް

1 month ago

އަފްރާހް

ގއ. ކޫއްޑޫ އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސްޓް އެއިޑް އެވެއަރނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.


މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހިންގި ޕްރޮގްރާމެކެވެ.


އެއަރޕޯޓްގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާދިސާތަކާ ގުޅިގެން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ތަމްރީން ކުރުމުގެ މަގްސަދުގައި ސެޕްޓެންބަރު 15 އިން 16 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެ އެއަރޕޯޓުގެ 19 މުވައްޒަފުން ބައިވެރިވިއެވެ.


ކޫއްޑޫ އެއަރޕޯޓްގައި ކުރިއަށް ގެެންދިޔަ މި ފަސްޓް އެއިޑް ޕްރޮގްރާމްގައި ކިޔަވައިދީފައިވާ ބައިތަކުގެ ތެރޭގައި ސީޕީއާރުއާއި، ފިހިގެންނާއި ކަނޑައިގެން ލިބޭ ޒަޚަމްތަކާ އަދި ލިބޭ އެކިއެކި އަނިޔާތަކުގައި ބެންޑޭޖް ކުރާނެގޮތްތަކެވެ. އަދި ޢަމަލީގޮތުން އެ ބައިތައް ޕްރޮގްރާމްގެ ބައިވެރިން ވަނީ ފަރިތަކޮށްފައެވެ.


މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ކޫއްޑޫ އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކާޑެއްދޫ ޕޯސްޓްގެ އޮފިސަރ އިންޗާޖް، ލެފްޓިނެންޓް ޢަލީ ރިޝްވާންއެވެ.


މި ޕްރޮގްރާމްގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.


ކިޔުންތެރިންގެ ހިޔާލު