ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ނާއިފް

1 month ago

އަފްރާހް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް އިބްރާހިމް ނާއިފު އައްޔަންކުރައްވައިފިއެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނާއިފް އެންމެފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށެވެ. އެހެންނަމަވެސް ވަރަށްފަހުން އެމަގާމުން އޭނާ ވަނީ ވަކިކުރައްވާފައެވެ.


ވެމްކޯގެ ޑިއެމްޑިގެ މަގާމަށް ނާއިފް އައްޔަންކުރުމާއި ގުޅިގެން ވެމްކޯއިން ވަނީ އޭނާ އަށް މަރުހަބާ ކިޔާފައެވެ.


ނާއިފް އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިޚާބަށް ނިކުންނެވިއިރު، އެމަނިކުފާނުގެ ކެމްޕޭން އޭޖެންޓެވެ.


ކިޔުންތެރިންގެ ހިޔާލު