މުހައްމަދު ދާއޫދަށް އެސިސްޓެންޓް ކޮމިޝަނަރުކަން ދެއްވައިފި

1 month ago

އަފްރާހް

މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރަކަށް ޕްރޮމޯޓްކޮށްފިއެވެ.


ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި މިހައިތަނަށް ހުންނެވި ދާއޫދަށް ޕްރޮމޯޝަން ދެއްވާފައިވަނީ ހޯމް މިނިސްޓްރީގައި ސެޕްޓެމްބަރ 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭނާ އަށް ޕްރޮމޯޝަން ލިޔުން ހަވާލުކޮށްދެއްވީ ހޯމް މިނިސްޓަރ އަލީ އިހްސާންއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގައި އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި ހެޑް އޮފް ރޯޑް ޕޮލިސްގެ މަގާމާއި ޑިޓެކްޓިވް އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމާއި ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ޑެޕިއުޓީ ހެޑުގެ މަގާމު ހިމެނެއެވެ.


އޭނާ މިވަގުތު ހުންނެވީ ހުޅުމާލޭ ފޮލިސް ސްޓޭޝަންގެ ހެޑްގެ ގޮތުގައެވެ.


އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އިދާރީގޮތުން ޕްރޮމޯޝަން ދެވޭ އެންމެ މަތީ ރޭންކެވެ.


ކޮމިޝަނަރ އަދި ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސުލްޖުމުހޫރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު