ކަނޑުހުޅުދޫގައި މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފި

1 month ago

އަފްރާހް

ގއ. ކަނޑުހުޅުދޫ އަންހެން ކަނބަލުންނަށް މޫދު ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.


މިއީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއިއެރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން ފެށި ޕްރޮގްރާމެކެވެ.


ސެޕްޓެންބަރު 12 އިން ފެށިގެން އޮކްޓޫބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އެ ރަށުގެ 26 ކަނބަލުން ބައިވެރިވެފައިވެއެވެ.


މިއީ ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި ދުޅަހެޔޮ ސިއްހަތާއި ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާއީ ފޭރާން ވަރުގަދަކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރާ، އެކުވެރިކަމާއެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމައެއް ބިނާކުރުމަކީ ވެސް މަގްސަދެކެވެ.


މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސްވިމިންގ އިންސްޓްރަކްޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު