މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ: ސައީދު

1 month ago

އަފްރާހް

މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެކަމުގައި އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.


ރައީސް އޮފީހުގައި ސެޕްޓެމްބަރ 17 އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ އެކި ބާވަތުގެ މުދާ އެކްސްޕޯޓްކުރުމުގައާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް ބޮޑެތި ފައިދާތަކެއް ކުރާނެކަމަށެވެ.


މިސާލެއްގެ ގޮތުން ވީޗެޓުން ޕޭ ކުރެވޭނެކަން ފާހަގަކުރައްވައި ވިދާޅުވީ މިހާރު ވެސް ރިސޯޓްތަކާއި ސަފާރީތަކާއި ގެސްޓްހައުސްތަަކުގައި ޕީއޯއެސް ވީޗެޓުން ޕޭ ކުރެވެން އެބަހުރި ކަމަށެވެ.


"ހަގީގަތުގަ ވަރަށް ބޮޑު ލުޔެއް ލިބިގެން މިދަނީ. އަދި އެބޭފުުޅުންގެ އަމިއްލަ ފައިސާއިން އަގުދެއްކުމަށް ވެސް މީގެ ސަބަބުން މަގުފަހިވެގެންދާނެ" ސައީދު ވިދާޅުވިއެވެ.


ދިވެހި ސަރުކާރުން ވިދާޅުވެފައިވަނީ ބިލިއަން ޑޮލަރުގެ ވިޔަފާރިއަށް މަގުފަހިވާގޮތަށް އެކުލަވާލާފައިވާ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާނީ އަންނައަހަރުގެ ޖެނުއަރީމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު