މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އަށް ތިން އަހަރު ފުރުން ފާހަގަކުރުމުގެ ހަރަކާތްތައް ފަށައިފި

1 month ago

އަފްރާހް

މޯލްޑިވްސް ވިމެން އިން ޕޮލިސިންގ އަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ފަށައިފިއެވެ.


”ލޯތްބާއެކު” ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގެ ފުރަތަމަ ހަރަކާތަކީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމެންޓާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.


ދިވެހި ފުލުހުންގެ ހިދުމަތުގެ އަންހެން މުވައްޒަފުން ބައިވެރިވެގެން ސެޕްޓެމްބަރ 17 ވަނަ ދުވަހު ކުރިއަަށް ގެންދިޔަ މި ހަރަކާތުގައި މެންދުރުފަހު 2 ނ1 އިރުއޮއްސި 6 އަށް ޓްރެފިކް ބެލެހެއްޓުމާއި ރައްޔިތުންނާ ބައްދަލުކުރުމުގައި މަގުމަތީގައި ހަރަކާތްތެރިވަމުން ވަނީ ގޮސްފައެވެ.


މި ހަރަކާތް އަތޮޅުތެރޭގައި ވެސް ކުރިއަށް ގެންދާއިރު، އެގޮތުން ގޭގެއަށް ޒިޔާރަތްކުރުމާއި ރަށުގެ އެކި ހިސާބުތަކުން ރައްޔިތުންނާ ބައްދަލުކޮށް ހިޔާލުބަދަލުކުރާނެއެވެ.


މީގެއިތުރުން ގާލާ ނައިޓަކާއި މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓަކާއި ރެސިލިއަންސް ބިލްޑިންގ ލީޑަރޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކާއި ޕޮލިސް ޕޯސްޓުތަކުން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު