ތިން ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

1 month ago

އަފްރާހް

ތިން ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.


މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން ވިދާޅުވީ މިއީ ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަމަށެވެ. އަދި މިތަކެތި އަތުލައިގަތީ ސެޕްޓެމްބަރު 16 ވަނަ ދުވަހު ރާއްޖެއައި އެއަރކާގޯ ޝިޕްމަންޓަކާއި، ހަމަ އެދުވަހު ރާއްޖެ އައި މެލޭޝިއާ އެއަރލައިންސް ފްލައިޓް ނަންބަރު 485MH އިން ދަތުރުކުރި ދިވެހި ފަސިންޖަރަކު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.


މިގޮތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނުމުން، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ތިން ބާވަތަކަށް ޕޮޒިޓިވްވެފައިވާކަމަށް އެ އިދާރާ އިން ވިދާޅުވެއެވެ.


ކަސްޓަމްސް އިން ވިދާޅުވީ އެއަރކާގޯ އިން 3010 ގްރާމު ހެރޮއިން، ފްލައިޓް ނަންބަރު 485MH އިން 48 ގްރާމު ހެރޮއިން އަދި އެ ފްލައިޓުން 315 ގްރާމު މެތުއެމްފެޓަމިން އާއި 215 ގްރާމު ސިންތެޓިކް ކެތިނޯން ފެނިފައިވާކަމަށެވެ.


މިހުރިހައި ތަކެތިއެެއްކޮށް ޖުމްލަ 2588 ގްރާމުގެ ބަރުދަން ހުރި ކަމަށާއި މި މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށް ފަސިންޖަރާއި އަތުލައިގަނެވުނު ތަކެތި ވަނީ ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކުރެވިފައި ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

މިކަންހުއްޓުވޭނީޢުމަރުނަސީރުވިދާޅުވިގޮތަށް ޑްރަގުއެތެރެކުރާމީހުނަށް މަރުގެއަދަބުދީގެން

1 month ago