ޓީއެސްގެ ދަރިވަރުން އެމްއެންޑީއެފް، އެމްއާރްސީސީ އަށް ޒިޔާރަތްކޮށްފި

1 month ago

އަފްރާހް

ތާޖުއްދީން ސްކޫލުގެ ދަރިވަރުން، އެމްއެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ޒިޔާރަތްކޮށްފިއެވެ.


އެ ސްކޫލުގެ ދަރިވަރުން އެމްއާރުސީސީ އަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ ރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ.


މިގޮތުން އެ ސްކޫލުގައި ކިޔަވަމުންދާ 108 ދަރިވަރުން ވަނީ އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައެވެ.


މި ޒިޔާރަތުގައި އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ.


އެމްއާރުސީސީއަކީ ރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.


ކިޔުންތެރިންގެ ހިޔާލު