ހުޅުމާލޭގައި މިއަދު ވެސް އެކްސިޑެންޓެއް – އަނިޔާވީ އަންހެނަކަށް

1 month ago

އަފްރާހް

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، އަންހެނަކަށް އަނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއް ކަމަށެވެ. އަދި ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.


މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ އަންހެނެއް ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް އެ އަންހެން މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދިހާމައެއް ނުކުރައްވައެވެ.


މި ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓުވާ ނިސްބަތް ދަނީ އިތުރުވަމުންނެވެ. އަދި ޓްރެފިކް މައްސަލަ ހައްލުކުރުމަށް ފުލުހުން ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު