ސީޑްސް ފޯ ދަ ފިއުޗަރ ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް

1 month ago

އަފްރާހް

ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ގައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާ އިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.


މި ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި، ޕްރޮގްރާމަށް ހޮވުނު ހަތަރު ދިވެހި ދަރިވަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ވަނީ ހަފްލާއެއް ބާއްވާފައެވެ.


މި ހަފްލާގައި "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ލިބުނު ހަތަރު ދަރިވަރުންގެ ނަން އިއުލާންކޮށް އެ ދަރިވަރުންނަށް މަރުހަބާ ދަންނަވާފައިވެއެވެ.


ދުނިޔޭގެ އެކި ގައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާ އިން ތަމްރީނު ފޯރުކޮއްދިނުމަށް ހުޅުވާލި މި ފުރުސަތު ލިބުނު ދިވެހި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަރިވަރު، ޔޫސުފް މިޒާން މުޙައްމަދު، އެވިޑް ކޮލެޖްގެ ދަރިވަރު، ހަމްނާ ހުސައިން، ވިލާ ކޮލެޖްގެ ދެ ދަރިވަރުންކަމަށްވާ، އައިޝަތު އަލްޔާ އަދި އައިޝަތު މުޝީރާ އެވެ.


ހުއާވޭ އިން މި ދަރިވަރުންނަށް "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާފައިވަނީ އެ ދަރިވަރުންގެ ތައުލީމީ ފެންވަރާއި ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް އެކުންފުނިންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު