ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސް އަދި އޯޑީއެސް ޓްރެއިނިންގ ޕްރޮގްރާމެއް

1 month ago

އަފްރާހް

ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސް އަދި އޯޑީއެސް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.


މިއީ ކަސްޓަމްސް އޮފިސަރުންނަށް ސައިޓީސް މުއާހަދާގެ ދަށުން ކުރަންޖެހޭ ކަންތައްތަކާއިމެދު އަހުލުވެރި ކުރުމާއި އޯޒޯން ޑިޕްލީޓިންގ ސަބްސްޓަންސަސް ކޮންޓްރޯލުކުރުމާއި މޮންޓްރިއަލް ޕްރޮޓޮކޯލްގެ ދަށުން ކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކޮށް ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ.


ކަސްޓަމްސް އަށް އަމާޒުކޮށް މިހާތަނަށް ވަނީ ސައިޓީސް އަދި އޯ.ޑީ.އެސް ގެ ތަފާތު އެތައް ޓްރެއިނިންގ އެއް އެންވަޔަރަންމަންޓް މިނިސްޓްރީން ބާއްވާފައެވެ. އަދި ގިނަގުނަ ކަސްޓަމްސް އޮފިސަރުން ވަނީ ޓްރެއިންގ ވެސް ކޮށްފައެވެ.


2013 ވަނައަހަރު ސައިޓީސްގައި ރާއްޖެ ބައިވެރިވުމާއި ގުޅިގެން މި މުއާހަދާ ތަންފީޒު ކުރުމަށް މެނޭޖްމަންޓް އޮތޯރިޓީއެއްގެ ހައިސިއްޔަތުން މިނިސްޓްރީން އިސްނަގައިގެން މިދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.


އެގޮތުން މިމުއާހަދާގެ ދަށުން ކުރަންޖެހޭ ކަންތައްތަކަށް އެންފޯސްމަންޓް އޮފިސަރުން އަހުލުވެރި ކުރުވުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދޭ ކަމެކެވެ.


ސައިޓީސް ތަންފީޒުކުރުމުގައި ބޯޑަރުގައި ކަސްޓަމްސްގެ ވަރަށް މުހިއްމު ރޯލެއް އޮންނައިރު، ސައިޓީސްގެ ދަށުން މަނާ ދިރުންތައް ހިފެހެއްޓުމާއި، ކޮންޓްލުކޮށްގެން ވިޔަފާރިކުރެވޭ ދިރުންތަކުގެ ޑޮކިއުމެންޓު ޗެކް ކުރުމާއި ޕިޒިކަލް އިންސްޕެކްޝަން ހިމެނެއެވެ.


ސައިޓީސްގައި ލިސްޓް ކުރެވިފައިވާ ދިރޭތަކެއްޗަކީ އެތަކެތީގެ ވިޔަފާރި ބައިނަލްއަގްވާމީ އެންމެހާ ފަރާތްތަކުންނާއި، އެންމެހާ ގައުމުތަކުން ވަރަށް ރަގަޅަށް މޮނިޓަރ ކުރަމުންދާ ތަކެއްޗެވެ.


ކިޔުންތެރިންގެ ހިޔާލު