ސީޑްސް ފޯ ދަ ފިއުޗަރ ޕްރޮގްރާމުން އައިސީޓީ ދާއިރާގެ ޢަމަލީ ތަޖުރިބާ ލިބޭނެ: މިނިސްޓަރ

1 month ago

އަފްރާހް

ހުއާވޭ ކުންފުނިން އައިސީޓީ ދާއިރާގައި ޒުވާނުން ބިނާކުރުމަށް ހިންގާ، "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމަކީ ދިވެހި ދަރިވަރުންނަށް އައިސީޓީ ދާއިރާގެ ޢަމަލީ ތަޖުރިބާ ފުޅާގޮތެއްގައި ލިބިގެންދާނެ ޕްރޮގްރާމެއްކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެންވިދާޅުވީ ހުވާއޭއިން އައިޓީސީ ދާއިރާއިން މީހުންބިނާކުރުމަށް ހިންގާ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމަށް ރާއްޖެއިން ހޮވުނު ކުދިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.


އެކަމަނާގެ ވާހަކައިގާ ހުވާއޭ އިން އައިޓީސީ ދާއިރާއިން މީހުން ބިނާކުރުމަށް ދެއްވާ އެއްބާރުލުމަށް ވަރަށްބޮޑަށް ޝުކުރުއަދާކުރެއްވިއެވެ.


" މިއީ ދިވެހި ދަރިވަރުންނަށް ލިބުނު ރަނުގެ ފުރުސަތެއް. މި ޕްރޮގްރާމްގެ ތެރެއިން ދަރިވަރުންނަށް ފުޅާދާއިރާއެއްގައި އަމަލީ ތަޖުރިބާ ލިބިގެންދާއިރު، މީގެތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދާއިރާގެ ފުންނާބުއިސް ބޭފުޅުންނާއި ބައްދަލުވުމުގެ އިތުރުން ތަފާތު ސަޤާފަތްތަކަށް އަހުލުވެރިވުމަށް ލިބޭ ފުރުސަތެއް." މިނިސްޓަރ ވިދާޅުވިއެވެ.


އެކަމަނާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި އެއްބަސްވުމުގެ ފައިދާ ދިވެހިރާއްޖޭގެ އެތަށް ޖީލަކަށް ލިބިގެންދާނެކަމަށެވެ. އަދި 21 ވަނަ ޤަރުނަށް ބޭނުންވާ ހުނަރާއި ޤާބިލްކަން ހުރި ޒުވާން ޖީލުތަކެއް ބިނާކުރުމުގެ މި މަސައްކަތުގައި، މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ދަތުރުފަށާ 4 ދިވެހި ދަރިވަރުންނާ މެދު ފަޚުރުވެރިވާކަމަށް ވެސް ވިދާޅުވިއެވެ.


ޗައިނާގެ ހުއާވޭ ކުންފުނީގައި ތަމްރީނުވުމަށް ފުރުސަތު ލިބުނު ދަރިވަރުންނަށް މަރުޚަބާއާއި މުބާރިކްބާދީ ދަންނަވައި އެކަމަނާ ވިދާޅުވީ ޗައިނާއަށް މިކުރާ ދަތުރަކީ އާޓިފިޝަލް އިންޓެލިޖެންސް، ކްލައުޑް، ޑިޖިޓަލް ޕަވަރ ފަދަ ޓެކްނޮލޮޓީގެ ދާއިރާއިން އެތަށް އުފެއްދުންތެރިކަމެއް ފެނިގެންދާނެ ދަތުރެއްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު