ބިއްލޫރި ކުޑަދޮރެއް ވެއްޓީ މީހަކަށް އަނިޔާވެއްޖެ

1 month ago

އަފްރާހް

ގެއެއްގެ 6 ވަނަ ފަންގިފިލާއިން ބިއްލޫރި ކުޑަދޮރެއް ވެއްޓީ މީހަކަށް އަނިޔާވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ މާފަންނު ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެެއްޓީފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ ސެޕްޓެމްބަރ 18 ވީ ބުދަ ދުވަހުގެ ރޭ 7:12 ގައި ކަމަށެވެ.


މި ހާދިސާގައި ބިއްލޫރިގަނޑު ވެއްޓި ސައިކަލެއްގައި ޖެހި ތަޅައިގެންދިޔަވަގުތު އެ ސައިކަލުގައި އިން މީހާގެ ގަޔަށް ބިއްލޫރިތައް ބުރައިގެން ގޮސްއެމީހާ އަށް އަނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެއީ އެވަގުތު އެތަނުގައި ޕާކުކުރަން އުޅުނު ސައިކަލެއް ކަމަށް ވެސް ވިދާޅުވިއެވެ.


ފުލުހުން އިތުރަށް ވިދާޅުވީ އަނިޔާވި މީހާ މިހާރުވަނީ އައިޖީއެމްއެޗަަށް ގެންގޮސްފައި ކަމަށާއި އެއީ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް އަދިނުދެއްވައެވެ.


މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެ އިދާރާ އިން ގެންދަވަނީ ބައްލަވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު