ގަވާއިދާ ހިލާފަށް އުޅުނު 16 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

1 month ago

އަފްރާހް

ގަވާއިދާ ހިލާފަށް އުޅުނު 16 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


އިމިގްރޭޝަނުން ވިދާޅުވީ މިއީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަކަށް، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލައި ފާސްކުރުމަށް ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި ފާހަގަވި މީހުން ކަމަށެވެ.


އެގޮތުން ޓާސްކު ފޯސް އިން ހިންގަމުންދާ އޮޕަރޭޝަންގައި ސެޕްޓެމްބަރ 16 ވަނަ ދުވަހު ވަނީ މާލޭގެ މާފަންނުގައި ހުންނަ 04 ގެއެއް ބަލައި ފާސްކޮށްފައި ކަމަށް ވިދާޅުވިއެވެ. އަދި މީގެތެރެއިން ބައެއް ތަންތަނަކީ ސާފުތާހިރުކަމަށް ބެލުމެއް ނެތި، ވިޔަފާރިއަށް އެކި ބާވަތުގެ ކާބޯތަކެތި ތައްޔާރުކުރަމުންދިއަ ތަންތަންކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެ އިދާރާ އިން އިތުރަށް ވިދާޅުވީ ގަވާއިދާ ހިލާފަށް މި ތަންތަނުގައި އުޅެމުންދިޔަ 16 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު