ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަންގައި 240 ބައިވެރިން

1 month ago

އަފްރާހް

15 ވަނަ ނެޝަނަލް އޯޕަން ވޯޓަރ ސްވިމިންގ ކޮމްޕެޓިޝަން 2024 ގައި 240 ފަރާތަކުން ބައުވެރިވެފައިވާ ކަމަށް ސްވިމިންގ އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.


މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ އެސޯސިއޭޝަނުން ވިދާޅުވީ 240 ބައިވެރިންގެ ތެރޭގައި ހިމެނެނީ 149 ފިރިހެނުންނާއި 91 އަންހެން ބައިވެރިން ކަމަށެވެ.


މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވެފައިވަނީ މިމަހުގެ 15 ވީ އާދީއްތަ ދުވަހުގެ މެންދުރު 12 ޖެހިއިރުއެވެ.


މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ ސެޕްޓެމްބަރ 27 އަދި 28 ވަނަ ދުވަހު ކުޑަގިރީގައެވެ. މި މުބާރާތުގައި ވެސް ތަފާތު ކެޓަގަރީތައް ވަނީ ހިމަނާފައެވެ.


އެގޮތުން 5 ކިލޯމީޓަރު ނެޝަނަލް ޗެމްޕިއަން އަދި 3 ކިލޯމީޓަރު ނެޝަނަލް ޖޫނިއަރ ހިމެނެއެވެ. އަދި 1 ކިލޯމީޓަރުގެ ސްވިމިންގ ޗެލެންޖާއި 0.5 ކިލޯމީޓަރުގެ ކިޑްސް ސްވިމިންގ ޗެލެންޖު ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު