އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތުގެ އެއްވަނަ މަނާލް އަށް

1 month ago

އަފްރާހް

އެން.ސީ.އޭ އޮފިސްތަކުގެ ޓެލެޑްރާމާ މުބާރާތް 1445ގެ އެންމެ މޮޅު ޑްރާމާއަކަށް "މަނާލް" ހޮވިއްޖެއެވެ.


މިއީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ތައްޔާރުކުރި ޑްރާމާއެކެވެ.


މި ޑްރާމާއަށް ޖުމްލަ 8 އެވޯޑެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރ، އެންމެ މޮޅު އަންހެން ސަޕޯޓިންގ އެކްޓަރ، އެންމެ މޮޅު ޑިރެކްޓަރ، އެންމެ މޮޅު ސްކްރީންޕްލޭ ހިމެނެއެވެ. އަދި އެންމެ މޮޅު ސިނަމެޓޮގްރާފަރ، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު ޑްރާމާ އަދި އެންމެ މޮޅު އެކްޓަރ އަންހެން (ވިއުވަރސް ޗޮއިސް) ވެސް ލިބުނީ އެ ޑްރާމާއަށެވެ.


ދެވަނައަށް އެންމެ ގިނަ އެވޯޑު ލިބިފައިވަނީ ކަރެކްޝަނަލް ސަރވިސް އިން ތައްޔާރުކުރި "ކުރެހުން" އަށެވެ. އެ ޑްރާމާއަށް ތިން އެވޯޑެއް ވަނީ ލިބިފައެވެ.


އެވޯޑު ލިބުން ފަރާތްތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އެކްޓަރ ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ)، އެންމެ މޮޅު ފިރހެން އެކްޓަރ އަބްދު ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސަރވިސް)، އެންމެމޮޅު އަންހެން ސަޕޯޓިންގ އެކްޓަރ އާއިދާ ހައްމަދު (މަނާލް/ އެމްއެންޔޫ) އަދި އެންމެ މޮޅު ފިރިހެން ސަޕޯޓިންގ އެކްޓަރ މުހައްމަދު ނިޝްވާން (ކުރެހުން/ ކަރެކްޝަނަލް ސަރވިސް) ހިމެނެއެވެ.


މީގެއިތުރުން އެންމެ މޮޅު ޑިރެކްޓަގެ މަގާމު މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) އަށް ލިބުނުއިރު، އެންމެ މޮޅު ސްކްރީންޕްލޭގެ މަގާމު ހޯދީ މަހުދީ އަހްމަދު (މަނާލް/ އެމްއެންޔޫ) އެވެ. މި ދެފަރާތަކީ ވެސް ރާއްޖޭގެ ފިލްމީ ދާއިރާގެ ފުންނާބުއުސް ފަރާތްތަކެވެ.


މި މުބާރާތުގެ އެންމެ މޮޅު ސިނަމެޓޮގްރާފަރ އަށް ހޮވުނީ (މަނާލް/ އެމްއެންޔޫ)އެވެ. އަދި އެންމެ މޮޅު އެޑިޓަރއަކަށް މުހައްމަދު ފައިސަލް (މަނާލް/ އެމްއެންޔޫ) ހޮވުނުއިރު، އެންމެ މޮޅު ޑްރާމާ (ވިއުވަރސް ޗޮއިސް) އަދި ދޮރުކަޅި (ފަހި ދިރިއުޅުން ކޯޕަރޭޝަން) އެވެ.


ހަމަމިއާއެކު އެންމެ މޮޅު އަންހެން އެކްޓަރ (ވިއުވަރސް ޗޮއިސް) ޑރ. ރަނާ އަހްމަދު ހަމީދު (މަނާލް/ އެމްއެންޔޫ) ހޮވުނުއިރު، އެންމެ މޮޅު އެކްޓަރ ފިރިހެން (ވިއުވަރސް ޗޮއިސް)އަކަށް ހޮވުނީ އަބްދު ޝާފިއު (ކުރެހުން/ ކަރެކްޝަނަލް ސަރވިސް) އެވެ.


ކިޔުންތެރިންގެ ހިޔާލު