މމދ ޖަމިއްޔާގެ ނައިބު ރައީސްކަަމަަށް ކުރިމަތިލީ ފަރާތްތަކުގެ ކެންޑިޑެސީ ނަމްބަރު ތަރުތީބުކޮށްފި

1 month ago

އަފްރާހް

މަޖީޖިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ނައިބު ރައީސްކަަމަަށް ކުރިމަތިލީ ފަރާތްތަކުގެ ނަމްބަރު ތަރުތީބުކޮށްފިއެވެ.


އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު 27 އޯގަސްޓުގައި ހުޅުވައިލާ 16 ސެޕްޓެމްބަރ ގައި މުއްދަތު ހަމަވިއިރު، 8 ފަރާތަކުން ވަނީ ވާދަކުރުމަށް ހުށަހަޅުއްވާފައެެވެ. އެފަރާތްތަކުގެ ކެންޑިޑެސީ ނަމްބަރު ތަރުތީބުކުރުން ބޭއްވީ 18 ސެޕްޓެމްބަރުގައެވެ.


ކެންޑިޑޭޓް ނަމްބަރު 1 ހުސައިން ސުހައިލް އަށް ލިބުނުއިރު، މުހައްމަދު ޝިފާން އަށް ލިބުނީ 2 އެވެ. އަދި ކެންޑިޑޭޓް ނަމްބަރު 3 އިސްމާއިް ސާޖިދަށް ލިބުނުއިރު، 4 ލިބުނީ އަބްދުލްހަމީދު އަބްދުއްރަހީމް އަށެވެ.


ކެންޑިޑޭޓް ނަމްބަރު 5 މުހައްމަދު ޝަރަފް އަށް ލިބުނުއިރު، ނަމްބަރ 6 ލިބުނީ މުހައްމަދު އިނާޛު އަށެވެ. އަދި ނަމްބަރ 7 ހުސްނީ އަގީލް އަށް ލިބުނުއިރު، ކެންޑިޑޭޓް ނަމްބަރ 8 ލިބުނީ މުހައްމަދު އަބްދުﷲ ސައީދު އަށެވެ.


މމދ ޖަމިއްޔާ އިން 'އޮއިވަރު' އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި ކެމްޕެއިން ކުރުމުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް މިއަދުވަނީ ހުޅުވާލާފައެވެ. އަދި އެ ފރުސަތު އޮކްޓޯބަރ މަހުގެ 9 ވަނަ ދުވަހާއި ހަމައަށް އޮންނާނެއެވެ.


މީގެއިތުރުން ވޯޓަރސް ރެޖިސްޓްރޭޝަންގެ ސުންގަޑި މި ހިނގާ ސެޕްޓެމްބަރ މަހުގެ 30 ގެ ނިޔަލަށް ހަމަވާއިރު، ވޯޓުލުން އޮންނާނީ އޮކްޓޯބަރ 10 ވަނަ ދުވަހުއެވެ. އަދި ހަމަ އެދުވަހު ނަތީޖާ ވެސް އިއުލާން ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު