ގައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުން: ޗައިނާގެ ސަފީރު

1 month ago

އަފްރާހް

ގައުމެއްގެ ކުރިއެރުމުގެ ފަހަތުގައި ތިބޭނީ އެ ގައުމެއްގެ ހުނަރުވެރި ޒުވާނުންކަމަށް ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާގެ ސަފީރު މސ. ވަންގް ލީޝިން ވިދާޅުވެއްޖެއެވެ.


އެކަމަނާ މިހެން ވިދާޅުވެފައިވަނީ "ސީޑްސް ފޮރ ދަ ފިއުޗަރ" ޕްރޮގްރާމާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ހަފްލާގައެވެ.


އެކަމަނާގެ ވާހަކަފުޅުގައި ވަނީ ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު 4 ދިވެހި ދަރިވަރުންނަށް މަރުހަބާއާއި މުބާރިކްބާދީ އަރިސްކުރައްވާފައެވެ.


ގައުމެއްގެ ކުރިއެރުއެރުމުގެ ފަހަތުގައި ތިބޭނީ ހުނަރުވެރި ޒުވާނުންކަން ފާހަގަކުރައްވައި އެކަމަނާ ވަނީ އެގޮތުން ޓެކްނޮލޮޖީ، އިގްތިސާދީ އަދި ތަފާތު އެކި ދާއިރާތަކުން ގައުމަށް ކުރިއެރުން ހޯދައިދިނުމުގައި ހުނަރުވެރިން ޒުވާނުން މަސައްކަތްކުރާކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވި ފަދައިން ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް، ޑިޖިޓަލައިޒޭޝަން ނުވަތަ ޓެކްނޮލޮޖީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން ވަރަށް މުހިންމު ކަމަށް އެކަމަނާ ވިދާޅުވިއެވެ.


ސީޑް ފޮރ ދަ ފިއުޗަރ ޕްރޮގްރާމްގެ ދަށުން ޗައިނާއަށް ޒިޔާރާތްކުރާ 4 ދަރިވަރުން އެނބުރި ރާއްޖެ އަންނަ އިރު، އެ ދަރިވަރުންގެ ހުނަރާއި މައުލޫމާތު އިތުރުވެ، ދަރިވަރުންގެ އިތުރުން ރާއްޖޭގެ މުސްތަގްބަލު އުޖާލާވުމަށް އުންމީދުކުރާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު